މާދަމާއިން ފެށިގެން މަސްވެރިން އަތުން މަސް ގަންނާނީ ބައިނަލްއަޤްވާމީ ބާޒާރުގައި މަސް މަހުގެ އަގު ހުންނަ މިންވަރަށް މަހުގެ އަގު ކަނޑައަޅައިގެން ކަމަށް މިފޮކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން މިއަދު ބުނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގެއްގައި މަސްވެރިންގެ އަތުން މަސް ގަންނަމުން ދާނޭ ކަމަށެވެ.

މިފްކޯއިން ބުނީ މަސް ގަތުމަށް ކަނޑައަޅާ އަގު ކޮންމެ ހަފްތާއަކު އާންމުކޮށް މިފްކޯއިން އިޢުލާން ކުރަމުންގެންދާނެ ކަމަށެވެ. މިފްކޯއިން ބުނީ އާމްދަނީ އިތުރުކުރެވޭނެ އިތުރުގޮތް ގޮތް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާއި ގުޅޭ ވުޒާރާތަކާއި ގުޅިގެން އަޅަމުންދާނެ ކަމަށެވެ.

މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަންޖެހިފައިވާ ފައިސާ، ސަރުކާރާއި މިފްކޯއާއި ގުޅިގެން ޖުލައި 1 ގައި ދޫކުރާނެކަމަށް މިފްކޯއިން މިއަދު ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން