ބަނގުރާކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ފުޅިއާއިއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން މިރޭ އެކްސްގައި ވިދާޅުވީ، ބަނގުރާކަމަށް ޝައްކުކުރެވޭ 150 ފުޅިއާއި ގިނަ އަދަދެއްގެ ފައިސާ މިރޭ އެމީހުން އަތުން ހޯދާފައިވާކަމަށެވެ.

އެ މައްސަލާގައި ދެ މީހަކު ހައްޔަރު ކުރިނަމަވެސް އެއީ ކޮންގައުމެއްގެ ބައެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



ޝިފާން އާންމުކުރެއްވި ފޮޓޯގައި ފެންނަގޮތުން ބަނގުރާ ރައްކާކޮށްފައިހުރީ އާންމުކޮށް ދިވެހީން ބޯފެނުގެ ގޮތުގައި ބޭނުންކުރާ ތާޒާ އަދި ބޮނަކުއަ ފެންފުޅީގައެވެ.

ބަނގުރާކަމަށް ޝައްކުކުރެވޭ މިފަދަ ގިނަ ފުޅިތަކެއް ހޯދާފައިމިވަނީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ސަރުކާރުން ހާއްސަކޮށް ހޯމް މިނިސްޓްރީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދުވަސްވަރެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން