ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލްގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފަށައިފިއެވެ.
މިބިލަކީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާގުޅޭ އާ ނިޒާމެއް ތައާރަފުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެކެވެ.
މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމެވެ.
މިބިލްގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ ފިސްކަލް ނިޒާމު ހިންގެނީ ދެމެހެއްޓެނިވި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމާއި ދައުލަތުގެ މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީ އެކުލަވާލައި ތަންފީޒުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން ހިމެނެއެވެ.
ގާނޫނު ހިނގާނެ ދާއިރާތަކުގެ ތެރޭގައި ދައުލަތުގެ އޮފީސްތަކާއި ގާނޫނެއްގެ ދަށުން އުފައްދާފައިވާ ނުވަތަ ގާއިމުކޮށްފައިވާ ޓްރަސްޓް ފަންޑުތަކާއި ދައުލަތުގެ އޮފީހަކުން ހިންގަމުންދާ އެނޫންވެސް އެފަދަ ފަންޑުތައް ހިމެނެ އެވެ.
ނަމަވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ޕެންޝަން ފަންޑުގެ މައްޗަށް މި ގާނޫނު ނުހިނގާނެ ކަމަށް ބިލްގައިވެއެވެ. ނަމަވެސް ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރުން ދަރަންޏަށް ފައިސާ ނަގަންވާނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށް ކަމަށާއި ގިނަވެގެން 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް އެޑްވާންސްއެއްގެ ގޮތުގައި ކަމަށް ބިލްގައިވެއެވެ.
އެގޮތަށްވެސް ފައިސާ ނެގޭނީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ 2.5 ޕަސެންޓަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތިން ކަމަށް ބިލްގައިވެ އެވެ. ހަމައެއާއެކު އެފައިސާ އަނބުރާ ދައްކަންވާނީ އެއިރެއްގެ މާކެޓް އިންޓަރެސްޓް ރޭޓަށް ރިއާޔަތްކޮށް އިންޓަރެސްޓާއެކު ކަމަށްވެސް ބިލްގައި ވަނީ ބަޔާންކޮށްފައެވެ.
މި ބިލު ފާސްވުމުން މިހާރު އަމަލުކުރަމުންދާ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު އުވިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު