އަހުޒަމް އަޙްމަދު   1 ޖުލައި 2024 - 10:44
ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއަކަށް ބަދަލު ގެނަސް އެކަން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މިއަދު އާންމުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް އަބްދުއް ރަހީމް ވަނީ ކޮމިޓީތަކަށް ގެނައި ބަދަލުތައް ހާމަކުރައްވައިފަ އެވެ.

އެގޮތުން ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް ސަލާމަތީ ހިދުމަތްތަކާ ބެހޭ، 241 ކޮމިޓީއިން އިގްތިސާދީ ކޮމިޓީއަށް ބަދަލުކުރި އިރު ކާށިދޫ ދާއިރާގެ މެންބަރު މުމްތަސިމް އިބްރާހިމް އިގްތިސާދީ ކޮމިޓީއިން ސަލާމަތާ ބެހޭ ކޮމިޓީއަށް ބަދަލުކޮށްފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

އެ ބަދަލުތައް ގެނައީ ކީއްވެގެން ކަމެއް ހާމައެއް ނުކުރައްވަ އެވެ.

ނިމިގެން ދިޔަ މަޖިލީހުގައި ވެސް ކޮމިޓީތަކަށް ދޭތެތެ ދޭތެރެއިން ބަދަލުތައް ގެނެއެވެ.

މި ހިނގާ 20 ވަނަ މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ އޮންނަނީ މަޖިލީހުގެ ވެސް މެޖޯރިޓީ އޮންނަ ޕީއެންސީގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން