ޕީ.އެން.ސީ ގެ މެންބަރުން
ޕީ.އެން.ސީ ގެ މެންބަރުން
ކައުންސިލަކުން ރާއްޖޭން ބޭރަށް ދިއުމަށް 8 ލައްކަ ރުފިޔާ ޚަރަދު ކުރި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފިއެވެ.

މަޖިލީހުގެ ސަމާލުކަމަށް އެކަން ގެނެސްފައިވަނީ ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރަށްވަމުން މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އެވެ.

މިއަދުގެ ޖަލްސާގައި ނާޒިމް ވިދާޅުވީ ލޯކަލް ކައުންސިލްގެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދެވިފައިވާ ބާރުގެ ބޭނުން ބައެއް ކައުންސިލްތަކުން ހިފަނީ އެއްވެސް މާލީ ޒިންމާދާރުކަމެއް ނެތިކަމަށެެވެ.

އެގޮތުން ޤައުމުގެ އިޤްތިޞާދު އަޑިއަޅާލާފައިވާ މިދަނޑިވަޅުގައި ކައުންސިލްތަކުން ދަނީ ޗުއްޓީތަކާއި ދިމާކޮށް ތުރުކީއާ ދުބާއީގެ އިތުރުން ބެންކޮކަށް ދަތުރުކުރަމުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެކަމުގެ ތަފްސީލް ދެއްވަމުން ނާޒިމް ވިދާޅުވީ ގދ. އަތޮޅު ކައުންސިލުން ތުރުކީ އާއި ދުބާއީ އަށް ދިއުމަށް 8 ލައްކަ ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށާއި ހއ. އަތޮޅު ކައުންސިލުންވެސް ބެންކޮކް ދަތުރެއް ރާވާފައިވާ ކަމަށެވެ.

“ޖުލައި 26 ބަންދާއި ދިމާކޮށް ހއ. އަތޮޅު ކައުންސިލަރުން ވަނީ ބެންކޮކް ދަތުރެއް ރާވާފައި. މި ހިންގާ 2024 ވަނަ އަހަރުގެ ތެރޭގައި ގދ. އަތަޮޅުގެ އަތޮޅު ކައުންސިލަރުން 12 ދުވަހަށް ތުރުކީއަށް 3 ދުވަހަށް ދުބާއީއަށް ދަތުރުކުރުމަށް 837078.96 ރުފިޔާ ހަރަދުކޮށްފައިވޭ. ޑޮލަރު ގަތީ ކަޅު ބާޒާރުން 17.67 ރުފިޔާއަށް.” ނާޒިމް ވިދާޅުވިއެވެ.

ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި މިއަހަރުވެސް 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފާހަގަ ކުރަށްވަމުން ނާޒިމް ވިދާޅުވީ އެފައިސާ ޚަރަދުކުރަންވާނީ ޒިންމާދާރުކަމާއެކު ކަމަށެވެ.

އެހެންކަމުން ސަރުކާރުގެ ވިސްނުމާއި ކައުންސިލްތަކުގެ ވިސްނުން އެއްކީލި ކުރުމަށްޓަކައި ކައުންސިލްތަކުގެ ގާނޫނަށް އިސްލާޙެއް ގެނަންޖެހޭ ނަމަ މަޖިލީހުން އެއިސްލާހެއްވެސް ގެންނަވާނެ ކަމަށް ނާޒިމް މިއަދު ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން