އެމެރިކާގެ ރައީސަކު ހޮވުމަށް ބާއްވަން ހަމަޖެހިފައިވާ އިންތިހާބާ ގުޅިގެން ބޭއްވި ބަހުސްގައި މިހާރުގެ އެގައުމުގެ ރައީސް ޖޯ ބައިޑަންގެ ފަރާތުން ފެނުނު މަންޒަރުން އިންތިހާބަށް ހަރަދުކުރާ އިންވެސްޓަރުން މާޔޫސްވެއްޖެއެވެ. ރިޕަބްލިކަން ޕާޓީން މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ކުރިޔަށް ދިޔަ ބަހުސް އެތައް މިލިއަން ބަޔަކު ވަނީ ބަލާފައެވެ.

ފުރަތަމަ ރިޔާސީ ބަހުސްގައި ބައިޑެންގެ ވާހަކަދެއްކުމާއި ގައުމުގެ ހާލަތު ކިޔައިދެއްވަން ނޭނގުން ވެގެން ދިޔައީ އެމެރިކާގެ މުސްތަގުބަލާމެދު ސުވާލު އުފައްދަވަން ޖެހުނު މައްސަލައަކަށެވެ. ރިޔާސީ ބަހުސްގެ ގިނަ ވަގުތު ދިޔައީ ބައިޑެން އާއި ޓްރަމްޕުގެ ސަމާސާ ކުރުވަނިވި ޖޯކު ތަކަށެވެ. އަދި އުމުރުން ދުވަސްވުމުގެ ސަބަބުން ބައިޑަންގެ ސަމާލުކަން ގެއްލިފައި ހުންނަ މައްސަލައާއި ހަނދާނުން ގިނަ ކަންކަން ކައްސާލާފައިވާ މައްސަލަ ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ކޮންމެ އިންތިހާބެއްގައިވެސް ޕާޓީތަކުން ކުރިމަތިލައްވާ ފަރާތްތަކަށް ފަންޑު ކުރަން ވިޔަފާރިވެރިންނާއި ކުންފުނިތައް ތިބޭއިރު ބައިޑެންގެ ފަހަތުގައި މިފަހަރު ތިބި މިފަދަ ވިޔަފާރަވެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެ ކަންބޮޑުވެފައެވެ.

ރައީސް ބައިޑެން ވަނީ އިންވެސްޓަރުންގެ ކަންބޮޑުވުންތައް އަޑުއަހައި އެފަރާތްތަކުގެ އިތުބާރު ހޯއްދަވަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ބައެއް އިންވެސްޓަރުން މިހާރު ބައިޑެންއަށް ކުރި އިތުބާރު ނަގާލާފައިވާކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން