މީ ދެފުށް ފެންނާނެ ގޮތަކަށް ވެރިކަންކުރާ ފުރަތަމަ ސަރުކާރު ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު އިބްރާހިމް ޙުސައިން ވަނީ ސަރުކާރުގެ ދެފުށް ނުފެންނަ ކަމަށް އެމް.ޑީ.ޕީ ގެ މަޖިލީސް މެންބަރުން ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވާފައެވެ.
އެގޮތުން އިއްބެ ވިދާޅުވީ މިދިޔަ ސަރުކާރުގައި ލިމިޓެއްނެތި ފައިސާ ޗާޕްކުރަމުން ދިޔައީ މަޖިލީހުން ހުއްދަ ދީގެން ކަމަށާއި އޭރު މަޖިލީހުގައި އެމް.ޑީ.ޕީ އަށް މެޖޯރިޓީ އޮތް ނަމަވެސް އެ މެންބަރުން ސަރުކާރަށް އޮތް ޒިންމާގެ ވާހަކަ ނުދައްކާ ކަމަށެވެ.
އެގޮތުން ތިލަމާލެ ބްރިޖްގެ މަސައްކަތް އަވަސްކުރުމަށް ކަމަށްބުނެ އެފްކޮންއަށް އެއްބަސްވުމުގެ ބޭރުން 185 މިލިއަން ރުފިޔާ ދިނީ ކޮން ޤަވާއިދެއްގެ ދަށުންތޯ މެންބަރު އިބްރާހިމް ސުވާލު އުފައްދަވާފައިވެއެވެ.
އިއްބެ ވިދާޅުވީ މިއަދު ފެނިގެން މިދަނީ ދެމެހެއްޓެނިވި ގޮތެއްގައި ދެފުށްފެންނަ ގޮތަކަށް ޒިންމާދާރު ކަމާއެކު ސަރުކާރު ހިންގާ މަންޒަރު ކަމަށާއި މިއީ ދިވެހިންނަށް މުޅިން އަލަށް ފެންނަ މަންޒަރެއް ކަމަށެވެ.
ހަމައެއާއެކު ރައްޔިތުންނަށް އޯގާތެރި ވެރިކަމެއް ކޮށްދެވޭނީ ދަޢުލަތުގެ ދަރަންޏާއި ޚަރަދަށް ޤާނޫނީ އިމުގެ ތެރެއިން ޒިންމާ ކުރެވޭނެ ގޮތެއް އޮވެގެން ކަމަށް ރައީސް ޑރ. މުޢިއްޒު ޤަބޫލު ކުރަށްވާ ކަމަށާއި މަޖިލީހަށް މިހާރު ހުށައަޅާފައި މިވަނީ އެފަދަ ބިލެއް ކަމަށް އިއްބެ ވިދާޅުވެފައިވެއެވެ.
މިދިޔަ ސަރުކާރުގައި ދަޢުލަތުން ޚަރަދު ކުރުމުގައި ޒިންމާއެއް އުފުލާފައި ނުވާކަން ފާހަގަ ކުރަށްވަމުން އިއްބެ ވިދާޅުވީ ކޮންމެ ކަމެއް ކޮވިޑާ މަތިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭގެއިތުރުން އެމް.ޑީ.ޕީ ސަރުކާރުގެ ފަހު ދުވަސްކޮޅު ކުންފުނިތަކަށް މުވައްޒަފުން ވައްދަމުން ދިޔައީ ފެންއިސްކުރަމުން ފެން ދޫކުރާ އުސޫލުން ކަމަށް ވިދާޅުވެ އިއްބެ ވަނީ މިއަދުގެ ޖަލްސާގައި އެމް.ޑީ.ޕީ މެންބަރުންނަށް ވަރުގަދައަށް ރައްދު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު