އައްޑޫއިން ކަރަންޓު ކެނޑުނީ ކޭބަލް އަކަށް ގެއްލުންވުމުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ބުނީ އައްޑޫ ސިޓީގެ ސ.ހިތަދޫ ސީ.ޕީ.އެސްއާ ގުޅިފައިވާ ރަށްތަކުން މިވަގުތު ކަރަންޓު ކެނޑިފައިވާކަމަށެވެ. އަދި މި މައްސަލަ ދިމާވީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން އެޗް.ވީ ކޭބަލްއަކަށް ގެއްލުން ވެގެންކަމަށް ފެނަކައިން ހާމަކޮށްފައިވެއެވެ.

ފެނަކައިން މިހާރު މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.



ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތި ވާނެ އުނދަގޫތަކަށް ފެނަކައިން މަޢާފަށް އެދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން