އެމްޑީޕީގެ ގައުމީ މަޖިލީހުން ހުސްވެފައިވާ 30 ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީގެ މެންބަރުންނަށް ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލައި އެ ޕާޓީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ގައުމީ މަޖިލީހުގެ ބައި އިލެކްޝަންގެ އިންތިހާބު އޮންނާނީ 2 އޯގަސްޓް 2024 ވަނަ ދުވަހު ކަމަށާއި އެހެންކަމުން 7 ޖުލައި 2024 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް އެދޭ ފޯމް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކަށް ވެވެނީ 1 ޖުލައި 2024 އާއި ހަމައަށް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވާ އަދި ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއްކަމުގައި ވާނަމައެވެ.

ދާއިރާތަކުގެ ގޮނޑިތަކުގެ ބައި އިލެކްޝަނެއް ބާއްވަން ޖެހިފައިމިވަނީ، ދާއިރާތަކަށް އިލެކްޝަންސް ކޮމިޝަނުން ގެނެސްފައިވާ ބަދަލުތަކާއި އަދި އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސްއަށް ގިނަ އަދަދެއްގެ މެންބަރުން ގޮސްފައިވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން