ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ބަންދުކޮށްފައި ހުރީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ޖެނީވާގައި ހުންނަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާއިން ބުނެފިއެވެ.
އެ ޖަމިއްޔާއިން ބުނީ މިހާރު ޕާކިސްތާނުގެ ސަރުކާރުން ކުރަންވީ ކަމަކީ ވީހާވެސް އަވަހަށް ޚާން މިނިވަންކޮށް ގެއްލިފައިވާ އޭނާގެ ހައްގުތައް އަނބުރައި ހޯދައި ދިނުމަށް މަސައްކަތް ކުރުން ކަމަށެވެ.
އދ. ގެ ވޯކިން ގްރޫޕުން ބުނީ 2024 ވަނަ އަހަރުގެ އިންތިހާބުގެ ކުރިން ޚާންގެ ޕާޓީގެ މެމްބަރުން ހައްޔަރުކޮށް އަނިޔާކޮށް އެމީހުން ބޭއްވި އެއްވުންތަކަށް ސަރުކާރުން ހުރަސްއަޅާފައިވާ ކަމަށެވެ. އަދި އިންތިހާބުގެ ދުވަހު ހިޔާނާތްތެރިވެ، މަޖިލީހުގެ ދިހަވަރަކަށް ގޮނޑި ވަގަށް ނެގި ކަމަށް ވެސް އެ ގުރޫޕުން ވަނީ ތުހުމަތުކޮށްފަ އެވެ.
މި މައްސަލައާއި ގުޅިގެން ވޮޝިންޓަންގައި ހުންނަ ޕާކިސްތާނުގެ އެމްބަސީން މިހާތަނަށް އެއްވެސް ބަހެއް ނުބުނެ އެވެ. ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން އެގައުމުގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލި ކަމަށް ގިނަ ފަރާތްތަކަކުން ތުހުމަތުކުރާއިރު އެ ކޮމިޝަނުން އެކަން ދޮގުކުރެ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޚާން ޖަލުގައި ހުންނަވާއިރު، ފެބްރުއަރީ މަހު ބޭއްވި ގައުމީ އިންތިހާބުގެ ކުރިން ކޯޓުގައި ހިނގާ ބައެއް މައްސަލަތަކުގައި އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވެ އެވެ. ޚާން އާއި އޭނާގެ ޕާޓީން ބުނަނީ އެ ދައުވާތަކަކީ އޭނާ ވެރިކަމަށް އެނބުރި އައުމަށް ހުރަސް އެޅުމުގެ ގޮތުން ސިޔާސީ ގޮތުން ކުރި ދައުވާތަކެއް ކަމަށެވެ.
ރިޝްވަތާއި އޮޅުވާލުންތައް އޮންނާތީ ޕާކިސްތާނުގެ ގިނަ ރައްޔިތުން ތިބީ އެގައުމުގެ މިހާރުގެ ސަރުކާރާ މެދު ހިންހަމަ ނުޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު