މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް
މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް
ރާއްޖެއަށް އެންމެ ރަނގަޅުގޮތަކީ ކޮންމެ ދިހަހާސް މީހަކަށް މަޖިލީހުގެ މެންބަރެއް ހުރުން ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލީޑަރުގެ މަޤާމުގައިވެސް ހުންނެވި ކާނަލް ނާޒިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މެންބަރުން ދެކޭ ގޮތެއް ދެނެގަތުމަށް މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސްގައެވެ.

މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ.

ޤަރާރުގެ ބަހުސްގައި ނާޒިމް މިއަދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ރާއްޖެފަދަ އެހެން ޤައުމުތަކުގެ މަޖިލީހުގައި މެންބަރުން ތިއްބަވާ ޢަދަދަށްވުރެ އިތުރު ކަމަށެވެ.

ހަމައެއާއެކު ކޮންމެ ފަސްހާސް މީހަކަށް މެންބަރަކު ހުރުމަކީ އަވަސްއަވަހަށް މެންބަރުންގެ ޢަދަދަށް ބަދަލު އަންނަ ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެ ޢަދަދު އަވަސްއަވަހަށް ބަދަލު ނުވާނެ ގޮތަކަށް އޮތުން މުހިއްމު ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.

ނާޒިމް މިއަދު ވަނީ މަޖިލީހުގެ މެންބަރުން ކަނޑައެޅުމުގައި ކޮންމެ ދިހަހާސް މީހަކަށް މެންބަރެއް ހުރުމަކީ ތާޢީދު ކުރަށްވާ ގޮތަކަމަށް ވިދާޅުވެފައެވެ.

މި ޤަރާރު ހުށައަޅުއްވަމުން ސުޖާއު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ރާއްޖޭގައި އިންތިހާބު ކުރެވުނު ރައްޔިތުންގެ މަޖިލީސްތަކުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިދާރީ ދާއިރާތަކުގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތުން އިތުރުވަމުން ދާކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް ކޮންމެ ފަސް އަހަރަކުން މެންބަރުން އިތުރުވަމުންދާ ދިއުމަށް މަޖިލީހުން ހައްލެއް ހޯދަންޖެހޭ ކަމަށްވެސް ސުޖާއުގެ ގަރާރުގައި ވަނީ ފާހަގަކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން