ގެއްލުމުގައި ހިންގާ ސަރުކާރު ކުންފުނިތައް އުވާލަން ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ޤާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
މާމިގިލީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް މިކަމަށް ގޮވާލެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މަޖިލީހުގެ މެންބަރުން ދެކޭގޮތެއް ހޯދުމަށް މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ނެވެ.
ޤަރާރުގެ ބަހުސްގައި ޤާސިމް ވިދާޅުވީ ކޮންމެ މާލީ އަހަރެއް ނިމިގެންދާއިރު ދަޢުލަތުގެ ބަޖެޓް 15 ބިލިއަނުން ޑެފިސިޓް ވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެހެންކަމުން ގެއްލުންވަމުންދާ ސަރުކާރުގެ ކުންފުނިތައް އުވާލައި، ޕްރައިވެޓް ސެކްޓަރުގެ ދައުރު އިޤްތިޞާދުގައި އިތުރަށް ފުޅާކުރުމަށް ޤާސިމް ވަނީ ގޮވާލައްވާފައެވެ.
“ގެއްލުންވާ ކުންފުނިތައް ޖެހޭނީ އުވާލަން. ދައުލަތުގެ ހަރަދުގައި، ހަރަދުކޮށްގެން ގެއްލުންވާ ތަންތަން އުފައްދާކަށެއް ނުޖެހޭ. ޕްރައިވެޓް ސެކްޓަރުގެ ދައުރު ފުޅާކޮށް، ޕްރައިވެޓް ސެކްޓަރަށް ފުރުސަތު ދީގެން. އަޅުގަނޑުމެންނަށް މިއޮތީ ޓެކްސް ނިޒާމަކަށް ފުރިހަމައަަށް ވަދެވިފައި.” ޤާސިމް މިއަދު ވިދާޅުވިއެވެ.
ޤާސިމް މިއަދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު އަޑިއަޅާލާފައިވަނީ ކުރީ ސަރުކާރުތަކުގެ ޢަމަލުތަކުގެ ސަބަބުން ކަމަށާއި އެހެންކަމުން ހިތިބޭސް ބޮއިގެން ނަމަވެސް، އައިއެމްއެފް ޕްރޮގްރާމެއް ތެރެއަށް ނުވަދެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަކީ މިވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ނަމަވެސް ޤާސިމް ވަނީ ޚަރަދު ކުޑަކުރުމަށްޓަކައި މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމަކީ ފެނިވަޑައިގަންނަވާ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. ނަމަވެސް މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސްއަހަރަކުން އިތުރުވަމުން ދިއުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ޤާސިމް މިއަދު ވިދާޅުވިއެވެ.
ހަމައެއާއެކު މަޖިލީހުގެ މެންބަރުންނަށް ދެ ދައުރު ދިނުމަށް ބިލްގެ ބަހުސްގައި ބައެއް މެންބަރުން ވިދާޅުވެފައިވާތީ އެ ގޮތަށް ދައުރުގެ އަދަދު ކަނޑައެޅުމަށް ތާޢީދު ނުކުރަށްވާ ކަމަށްވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު