މާލޭ ދާއިރާގެ އެމްޑީޕީ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވާފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު އާޒިމް ވިދާޅުވީ، އުފާވެރި އަދި އެކުވެރި ބަދަހި ސަފުތަކެއް ރޭވުމުގެ އަޒުމާއެކު، ތަރުތީބުކުރުމުގެ ޤާބިލުކަން ހުރުމާއި، ހިތާއި ރޫހުން މަސައްކަތް ކުރެވޭނެކަމަށް ޤަބޫލުކުރެވޭތީ، މި މަޤާމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ރާއްޖޭގެ މިހާރުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީން ވަނީ އެ ޕާޓީގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. އެ ޕާޓީން ބުނީ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އޮގަސްޓު މަހުގެ ދެވަނަ ދުވަހުގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން