ސަރުކާރުން ސިޔާސީ މަގާމުތަކަށް ނަގާފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ހޭދަކުރާ އަދަދު ހާމަކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބަލައި ނުގަނެ މަޖިލީހުން ތަޅުމުން ބޭރުކޮށްލައިފިއެވެ.

މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ ވެއްދީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް ނަސީމް އެވެ. މި މައްސަލަ މަޖިލީހަށް ހުށައަޅުއްވަމުން މެމްބަރު ވަނީ މި މައްސަލައިގައި ހުށައެޅި މައުލޫމާތު ރައްޔިތުންނަށް ހާމަކުރަން ސަރުކާރަށް މަޖުބޫރުކަންވެސް ހާމަކުރައްވާފައެވެ.

މީހާއިލް ހުށަހެޅި މި މައްސަލައަށް ބަހުސް ކުރަން ފާސްވެފައި ނުވާއިރު މި މައްސަލަ އަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ 11 މެމްބަރުންނެވެ. އަދި ބަހުސް ކުރަން ނުފެންނަ ކަމަށް 56 މެމްބަރުން ވޯޓު ދީފައިވެއެވެ.

މި މައްސަލަ ހުށައަޅަމުން ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ސިޔާސީ މަަގާމުތަކަށް އައްޔަންކޮށްފައިވާ ރަސްމީ އަދަދު ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން މާލިއްޔަތު ކޮމިޓީން މިނިސްޓްރީ އޮފް ފިނޭންސްގެ އަރިހުން އެދެމުން ވެސް އެ މައުލޫމާތު އެ ކޮމިޓީއަށް ވެސް ފޯރުކޮށްދީފައި ނުވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން