ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް ހާމަކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލީ އެކަން އޮންނަގޮތް ސާފުނުކޮށްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 68 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހަޅަންވާނީ، އެ މެންބަރެއްގެ މެންބަރު ކަމުގެ ހުވާކުރާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ފުރިހަމަ ވުމުންން ކަމަށެވެ.

އެހެން ކަމުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަންޖެހޭނީ އަންނަ އަހަރުގެ މޭ 28 ވަނަ ދުވަހަށް އެއް އަހަރުފުރުމަށްފަހު، އަންނަ އަހަރުގެ އޯގަސްޓް 31 ގެ ކުރިންކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

އެއިދާރާއިން ބުނީ، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުމަށް ގޮވާލާ ޓުވީޓުކޮށްފައިވަނީ މާލީ ބަޔާން ހާމަކުރަމުންދާ އުސޫލު ރަނގަޅަށް ސާފުނުކޮށް ކަމަށާއި 19 ވަނަ މަޖިލީހުގެ މެންބަރުންގެ ފާއިތުވި 4 އަހަރުގެ މާލީ ބަޔާން ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށެވެ.

އޭގެ އިތުރުން އެ މެންބަރުންގެ 5 ވަނަ އަހަރުގެ މާލީ ބަޔާން އެ މެންބަރުން ހުށަހަޅުއްވާނީ މި އަންނަ އޯގަސްޓް މަހުގެ 31 ގެ ކުރިންކަމަށް ވެސް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން