ވައުދުވަނީ ރައްޔިތުން މަޖުބޫރުކޮށްގެން ނޫން ކަމަށާއި ވައުދުވަނީ އެބޭފުޅުން އަމިއްލައަށް ރައްޔިތުންގެ ގާތަށް ގޮސްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
އަމީން ފައިސަލް ވިދާޅުވީ ރައްޔިތުންނަށް ވައުދު ވެފައިވާނަމަ އެ ވައުދު ފުއްދަން ޖެހޭނޭ ކަމަށާއި ރައްޔިތުން ވޯޓު ދިނީ ވެރިންގެ ބަހަށް ކަމަށް އޭނާ ވިދާަޅުވިއެވެ. އިހުލާސްތެރިކަމާއި ވަގުންނާއި ދެންތިބި މީހުންނާ ގައްދާރުންނާ ހިފަންވީ ކަމަށާއި އެކަމުގައި އޭނާވެސް ނުކުންނަވާނޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.
“ފަސްހާސް އަށްވުރެ ބޮޑު އާބާދީއެއް އަޅުގަނޑުމެންގެ ދާއިރާ އަކީ، ތިން ހާސްއަށްވުރެ މީހުން ގިނަ ނުވާ އާބާދީއަކަށް ވޭތުވެދިޔަ ވެރިކަންތަކުގަ އެބަހުރި ބިލިއަނުން ހަރަދުކޮށްފަ. އަޅުގަނޑުމެންނަށް ލިބެނީ 100 މިލިއަން.” މެމްބަރު އަމީން ފައިސަލް ވިދާޅުވިއެވެ.
ފިސްކަލް ބިލަށް ބަހުސް ކުރައްވަމުން ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ގައުމަކަށް ބޮޑު ގެއްލުމެއް ދީފައި ޖެހިގެން އޮތް އަވައްޓެރި ގައުމުގެ ބޮޑުވަޒީރަށް ހެސްކިޔާފަ ބަވާފަ މިއަދު ދައުލަތުން އެބޭފުޅުންނަށް ތިން ހަތަރު މަހުގެ މުސާރަ ދިނީމަ އެއީ ލަދުވެތިކަމެއް ކަމަށެވެ. އަދި މިކަމަށް ކޮންމެވެސް ކަހަލަ ފިޔަވަޅެއް އެޅެން ޖެހޭނޭ ކަމަށާއި ތަފާތުކުރުމެއް އޮވެގެން ނުވާނޭ ކަމަށް ފައިސަލް ވިދާަޅުވިއެވެ.
އިހުލާސްތެރި ނިޔަތަކާއި އެކީގަ ގާނޫނޫ އަސާސީގައި ލިޔެފަ ހުރި ހިދުމަތްތައް ދެވޭނެ ގޮތަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ޕާޓީގެ ފިކުރާއި ޕާޓީގެ ރޫހު ދޫކޮށްލާފަ ރައްޔިތުންނަށް ފައިދާވާނޭ ގޮތަކަށް މަސައްކަތް ކުރަން ނިކުތުމަށް އަމީން ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު