ވޭޕް ކުރަން އިން މީހެއް.
ވޭޕް ކުރަން އިން މީހެއް.
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތައް ވަރަށް ގެއްލުން ހުރި ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުން މީހާގެ ފުއްޕާމޭ ހަލާކުވެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް މީހާ ހުށަހެޅިގެން ދެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ ގިނަ މީހުން އެ ނުބައި އާދައިން ސަލާމަތް ވުމަށްޓަކައި ވޭޕްގެ އެހީ ހޯދައެވެ. ނަމަވެސް ސުވާލު އުފެދޭ ކަމަކީ އީ-ސިނގިރޭޓު ނުވަތަ ވޭޕް ކުރުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް އޮތް އެންމެ ރަނގަޅު ގޮތްތޯއެވެ.

ގިނަ މީހުން ސިނގިރޭޓު ބުއިން ހުއްޓާލުމަށްފަހު ވޭޕް ކުރަން ފަށަނީ ސިނގިރޭޓަށްވުރެ ވޭޕް ކުރުމުން ލިބޭ ނުރައްކާ ކުޑަކަމަށް ހީވެފައި އޮތުމުންމެވެ. ނަމަވެސް ހަގީގަތަކީ އެއީއެއް ނޫނެވެ. ވޭޕް ކުރުމަކީ ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމެކޭ އެއްފަދައިން ހަށިގަނޑަށް ވަރަށްވެސް ގެއްލުން ހުރި ކަމެކެވެ. ވޭޕަކީ ހިތާއި ފުއްޕާމޭގެ ބަލިތަކަށް މަގުފަހި ކުރުވާ އަދި ސިކުނޑިއަށް ވެސް ގެއްލުން ދޭ އެއްޗެކެވެ. އަދި ވޭޕުކުރުމުގެ ސަބަބުން ކެންސަރު ބަލި ޖެހުމަށް ވެސް މަގުފަހި ވެއެވެ.

ވޭޕުގައި ގިނަ އަދަދަކަށް ނިކޮޓިން އެކުލެވިފައި ހުރުމުގެ ސަބަބުން އެއަށް ދެވިހިފުމަށް މަގުފަހިވެ އެވެ. އަދި އޭގައި ހުންނަ ނިކޮޓިންގެ ސަބަބުން މަސްތުވާތަކެއްޗަށާއި، ތަފާތު އެކިކަހަލަ ރަލަށް ދެވި ހިފުމަށްވެސް މަގުފަހިވެއެވެ.

ވޭޕަކީ އޭގައި ތަފާތު އެކި ކަހަލަ ނުރައްކާތެރި މާއްދާތައް އެކުލެވޭ އެއްޗެކެވެ. އެކި ބްރޭންޑްގެ ވޭޕުގައި ހުންނަ ނިކޮޓިން އާއި ކެމިކަލްތައް ތަފާތުވެއެވެ.

ވޭޕްގެ ފްލޭވާތަކުގައި ބޭނުންކުރެވިފައިވާ ބައެއް މާއްދާތަކަކީ ސިނގިރޭޓަށްވުރެ ވެސް ސިއްހަތަށް ނުރައްކާތެރި މާއްދާތަކެއް ކަމަށް ދިރާސާތަކުން ދައްކައެވެ. އެހެން ކަމުން ސިނގިރޭޓު ބުއިން ހުއްޓާލުމުގެ ބޭނުމުގައި ވޭޕް ކުރަން ފެށުމަކީ އެންމެ އެދެވޭ ގޮތެއް ނޫނެވެ. އާދައިގެ ސިނގިރޭޓު ބުއިމެކޭ އެއްފަދައިން ވޭޕްކުރުމަކީ ވެސް ސިއްހަތައް އެހާމެ ގެއްލުން ހުރި ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން