އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ޖޭ ބްލިންކެން އަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ތަހުނިޔާ ފޮނުއްވައިފިއެވެ.

ފޮރިން މިނިސްޓަރުގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމެރިކާ ސަރުކާރަށާއި ރައްޔިތުންނަށް މިނިވަންދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ.

މިނިސްޓަރ ޒަމީރުގެ މެސެޖުގައި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތް ބަލައިގަނެ، އިންސާނީ ހައްގުތައް ކުރިއެރުވުމާއި، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާ ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެމެރިކާއަކީ ރާއްޖެއަށް އިތުބާރުކުރެވޭ ބައިވެރިއެއް ކަމަށެވެ.

އަދި ފާއިތުވި އަހަރުތަކުގައި އެމެރިކާއާއެކު އޮތް ގުޅުންތައް އިތުރުވެފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ދާދިފަހުން މިނިސްޓަރ ޒަމީރު ވަނީ ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ޒިޔާރަތް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި މިނިސްޓަރ ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކަންއާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އެމެރިކާއާއި ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން