ވެމްކޯއިން ގދ. ތިނަދޫގައި ޚިދުމަތް ފަށައިފިއެވެ.
ވެމްކޯގެ ޚިދުމަތްތައް ގދ. ތިނަދޫގައި ފަށާފައިވަނީ އެކަމަށްޓަކައި ބުރާސްފަތި ދުވަހު ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
މި ހަފްލާ ޝަރަފުވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވަނީ ވެމްކޯގެ މަސައްކަތްތައް އެރަށުގައި ފެށުމުން ވެމްކޯ އާއި ގދ. ތިނަދޫ ކައުންސިލާއި ރަށު ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގައި ކުނި މެނޭޖްކުރުމަށް ހުރި ދަތިތަަކަށާއި ރާއްޖޭގައި ކުނި މެނޭޖްކުރެވެމުންދިޔަ ގޮތަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން، ވަސީލަތް މަދު ކަމާއި، ރާއްޖޭގެ ރަށްރަށް އެކުލެވިފައިވާ ގޮތުން، ވަށާޖެހޭ، ޚަރަދުކުޑަގޮތެެއްގައި އެ މަސައްކަތްކުރުމަށް ހުރި ގޮންޖެހުމަށްވެސް ވަޒީރު ޠާރިޤް ބައްލަވާލެއްވިއެވެ.
އަދި، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ފަސް އަހަރު ދުވަހަށް ބަހާލައިގެން ކުނި މެނޭޖްކުރުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭހެން "މަގޭ ސާފު ރާއްޖެ" މަޝްރޫއު މިހާރު ވަނީ ލޯންޗް ކުރެވިފައި ކަމަށާއި މާސްޓަރ ޕްލޭނެއްގެ ދަށުން ރާއްޖެ 7 ސަރަހައްދަކަށް ބަހާލައިގެން، ވަށާޖެހޭ ހައްލެއް ހޯދުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ދާކަމަށްވެސް ވަޒީރު ޠާރިޤް ވިދާޅުވިއެވެ.
ވިލުންވެރި ރާއްޖެއެއް ބިނާކުރުމުގައި ސަރުކާރުން ފަށާފައިވާ "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމް އިފްތިތާހްކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އެ ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.
ކުނި މެނޭޖުކުރުމުގެ ޤައުމީ ޕްރޮގްރާމް 'މަގޭ ސާފު ރާއްޖެ' އަކީ ހަފްތާ-14 މަގުޗާޓުގައި ހިމެނޭ "ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ޤައުމީ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި، އިޢުލާނުކޮށް ތަންފީޒުކުރަން ފެށުން" މި ވަޢުދު ތަންފީޒުކުރުމަށްޓަކައި އެކުލަވާލާފައިވާ ޤައުމީ ޕްރޮގްރާމެކެވެ.
'މަގޭ ސާފު ރާއްޖެ' ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ކުނި މެނޭޖްކުރުމުގެ ފުރިހަމަ ނިޒާމްތަކެއް ޤާއިމުކުރުމެވެ. އަދި ރަށުން ބޭރުކުރަން ޖެހޭ ކުނި ގެންގޮސް ތިމާވެށްޓާ ރައްޓެހިގޮތެއްގައި ނައްތާލެވޭނެ ސަރަހައްދީ މަރުކަޒުތަކެއް ތަރައްޤީކުރުމާއި، ސަރަހައްދީ މަރުކަޒުތަކާއި ރަށްތަކާ ދެމެދު ކުނި ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުންވެސް މި ޕްރޮގްރާމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ރަށު ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ކުނި ރައްކާތެރި ގޮތެއްގައި މެނޭޖުކުރުމަށް، ތަމްރީން ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގުންވެސް މި ޕްރޮގްރާމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު