އާންމުވެފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް--
އާންމުވެފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް--
އާންމުންގެ މީހަކު ހިފެހެއްޓުމުގައި "އަނިޔާވެރިކޮށް" އަމަލު ކޮށްފައިވާތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާތީ ފުލުހުން އެކަންކުރިގޮތް ބަލަން ފަށާފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ސޯޝަލްމީޑިއާގައި ދައުރުވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި އޮށޯވެ އޮތް މީހެއްގެ މޭމަތީގައި ކަކޫ އަޅައިގެން ފުލުހަކު އިން އިރު، އޮށޯވެ އޮތް މީހާގެ އަތަށް ހާނީއްކަ ވެދާނެ ފަދަ ގޮތަކަށް އަތް އަނބުރައިލަން އެހެން ފުލުހަކު މަސައްކަތް ކުރެއެވެ. ނަމަވެސް، އެމީހާއަށް އެގޮތަށް ކަންތައް ކުރާއިރު އެމީހާ ގަދަހަދާތަނެއް ވެސް ވީޑިއޯއަކުން ނުފެނެއެވެ.

ނަމަވެސް ވީޑިއޯއިން ފެންނަބައިގެ ކުރިން އޭނާ ގަދަހަދާ ހެދިކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ސްޕޯކްސްޕާސަން އަޙްމަދު ޝިފާން މިރޭ ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި އެފަދަ އަމަލުތަކަކީ ހިދުމަތުގެ ހަމަތަކުގެ ތެރެއިން ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އަދި ދިވެހި ފުލުހުން އަނިޔާވެރި އެއްވެސް އަމަލަކަށް ތަރުހީބު ނުދޭނެކަމަށާއި މި ހާދިސާ ތަހުގީގުކުރުމަށް ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ފުލުހުންވާނީ މިހާރު އެދިފައިކަމަށް ވެސް ޝިފާން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން