ތ. ގާދިއްފުށީ ފެނަކަ އޮފީސް
ތ. ގާދިއްފުށީ ފެނަކަ އޮފީސް
ތ. ގާދިއްފުށީ ފެނަކަ ބްރާންޗަށް ދެ މެނޭޖަރުން ހަމަޖައްސާފައިވާކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުންފުނީގެ ހިންގުމަށް ގިނަ ބަދަލުތަކެއް ގެނެސް، ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ބްރާންޗްތަކާއި ހަވާލުވެ ހުންނަ މެނޭޖަރުން ބަދަލު ކުރުމަކީ ހެދިފައިވާ އުސޫލުތަކުގެ ތެރެއިން ކުރަމުން އަންނަ ކަމެއްކަމަށެވެ.

އެގޮތުން ގާދިއްފުށި ބްރާންޗް ހިންގުމަށް އައު މެނޭޖަރެއް ހަމަޖައްސާފައިވަނީ ވެސް އެ އުސޫލުގެ ދަށުން، ކުރިން ހުރި މެނޭޖަރުގެ މަގާމު ބަދަލުކޮށް އެކަން އެފަރާތަށް އެންގުމަށްފަހުކަމަށް ފެނަކަ އިން ވަނީ ބުނެފައެވެ.

ފެނަކައިގެ ބަޔާނުގައި ވަނީ ކުންފުނިން ހިންގާ މަޝްރޫއުތަކާއި ދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ އެއްވެސް މަސައްކަތެއް އުސޫލުތަކާއި ހިލާފަށް ނުކުރާނެކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް އަރުވާކަމަށް ވެސް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން