އެމްޑީޕީން މިހާރު މަސައްކަތް ކުރަނީ އެ ޕާޓީން ވަކާލާތުކުރި ކަންކަމާ އިދިކޮޅަށްކަމަށް ވިދާޅުވެ އެމްޑީޕީއަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެެއެވެ.

މިރޭ ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ އެންމެ ގަދައަށް ދައްކާ ކަމަށް އެމްޑީޕީއިން ވަކާލާތު ކުރި ނަމަވެސް، ކޮންމެ ފަހަރަކު ވެސް ވެރިކަން ލިބުމުން ބަހާއި އަމަލާ ދިމާނުވާ ކަމަށެވެ.

ޔާމީން ވިދާޅުވީ، އެމްޑީޕީން މިހާރު އެއްވެސް ކަމެއް ކުރާ ތަނެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެންމެ ފަހުން މި ފެނުނީ ރައީސުލްޖުމްހޫރިއްޔާ، ހަރަދު ކުޑަކުރުމުގެ ގޮތުން ދިވެހިން ފަނާކޮށްލާ ވަރުގެ، މުޅި ދިވެހި އިގްތިސާދު ސުންނާފަތިވެގެންދާ ފަދަ ކަންކަން ކުރުމުން ވެސް އެމްޑީޕީން އެއަށް ތާއީދު ކުރަމޭ ބުނިތަން ކަމަށް ޔާމިން ވިދާޅުވިއެވެ.

ނަމަވެސް، އެއީ އިގުތިސާދާއި ގުޅުވައި ރައީސް ކުރައްވަން ނިންމެވި ކޮންކަމަކާ ގުޅުވައިގެން ވިދާޅުވި ވާހަކަފުޅެއްކަމެއް ޔާމީން ވިދާޅެއް ނުވެއެވެ.

އެމްޑީޕީން ދާދިފަހުން ވަނީ އިގުތިސާދު ރަނގަޅު ކުރުމަށް ސަރުކާރުން މަޖިލީހަށް ވައްދާ މައިގަނޑު ތިން ބިލަކަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ.

މިރޭގެ ޖަލްސާގައި ޔާމީންވަނީ ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން