މާލޭގައި ހިންގާ ސްޕާއެއްގައި ހަށިވިއްކަމުންދިޔަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއްގައި ބިދޭސީ އަންހެނުންތަކެއް ހަށި ވިއްކާކަމުގެ މައުލޫމާތު ލިބިގެން މިރޭ އޮޕަރޭޝަނެއް ފުލުހުން ހިންގާފައިވާ ކަމަށެވެ.

އަދި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލާ ފާސްކޮށް، 55 އަހަރުގެ ދިވެހި ފިރިހެނަކާއި ތައިލެންޑުގެ 3 އަންހެނުން ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންބުނީ ހައްޔަރުކުރި އަންހެނުންނަކީ 30 އަހަރުގެ ދެ މީހަކާއި 28 އަހަރުގެ މީހެއްކަމަށެވެ.

އަދި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ވެސް ވަނީ ބުނެފައެވެ. މިރޭ ބަލާ ފާސްކޮށްފައިވަނީ ކޮންނަމެއް ކިޔާ ތަނެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން