ދައުލަތް އޮތީ ހުއްޓިފައި ކަމަށާއި އެކަމާމެދު ޝައްކެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ، ދައުލަތް މިހާރު އޮތީ ހުއްޓިފައި ކަމަށާއި އެގޮތުން އާސަންދައާއި އެންސްޕާގެ ހިދުމަތާއި ރަށްރަށުގައި ފަށާފައިހުރި ހުރިހާ ޕްރޮޖެކްޓެއް ވެސް ހުއްޓިފައިވާކަމަށާއި މިއަދު މިގައުމުގައި ހިނގަހިނގާ ހުރީ ވައްކަމާއި ކަރަންޓް މީޓަރު އެކަނި ކަމަށެވެ.

އަދި ދައުލަތް ދަރަނިވެރިވެ ހުއްޓެން މެދުވެރިވި ސަބަބެއްގެ ގޮތުގައި ސަރުކާރުގެ ބޭފުޅުންގެ ވާހަކައިންނާއި އަމިއްލައަށް ހޯދި ހޯދުމުން ވެސް އެނގިފައިވަނީ އެކަން ހިނގީ، ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކަށް ނެގި މުވައްޒަފުން ގިނަވެގެންގޮސް "ކޮށިއަރައިގެން" ކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދުގެ ވާހަކައިގައި ވަނީ ސަރުކާރުން ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މައުލޫމާތު ހާމަ ނުކުރާތީ އެކަމާ ވެސް ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ މަސައްކަތް އެކި ފަރާތްތަކުން ކުރަން ނުޖެހޭނެކަމަށާއި އޭގެ ކުރިން ސަރުކާރުން ކަންކަން ހާމަކުރާނެކަމަށް ކަމަށާއި ނަމަވެސް މިއަދު ފެންނަމުންދަނީ އެ މަންޒަރު ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް މުއިއްޒު ވިދާޅުވީ އާރްޓީއައި އަކަށް ބޭނުމެއް ނުވާނޭ. ރައީސް އޮފީހުގަ ވެސް ސަރުކާރުގަ ވެސް ރައީސް މުއީއްޒުގެ ވެސް މިހާރު އޮންނަނީ އެންމެ ޖަވާބެއް. އެއީ އައިމިނާބީގެ ޖަވާބު، މަށެއް ނޫން. ހަމަ ކަމެއް ގޯސް، މަށެއް ނޫން." ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުން ރައީސް ވަނީ ހަރަދު ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާކަން ހާމަ ކުރައްވާފައެވެ. ނަމަވެސް އެކަންކަން ކުރާނީ ވީހާވެސް ބޮޑަކަށް ރައްޔިތުންނަށް އޭގެ ދަތި ކުރިމަތި ނުވާނެގޮތަށްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން