މަރްޔަމް ނަހްދާ ވަޙީދު   5 ޖުލައި 2024 - 5:34
ނިދާފައި އޮތް މީހެއް.
ނިދާފައި އޮތް މީހެއް.
ރޭގަނޑުގެ ނިންޖަކީ އިންސާނާއަށް ވަރަށް މުހިންމު އެއްޗެކެވެ. އަޅުގަނޑުމެން މުޅި ދުވަހު ބުރަހެލިވެ އުޅުމަށްފަހު އަރާމުކޮށްލަން ލިބޭނެހާވެސް ވަގުތަކީ ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ތިމާއަށް ލިބެންޖެހޭ މިންވަރަށް ނިދި ނުލިބުމަކީ ސިއްހީ ގޮތުން ވަރަށް ގެއްލުންހުރި ކަމެކެވެ.

ރޭގަނޑު ދަންވަންދެން ނުނިދާ ހޭލާ ހުރުމަކީ މިހާރުގެ ޒުވާނުންނަށް މާ ކަމުދާ ކަމެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ޒުވާނުން ރޭގަނޑުގެ ނިދި ހޯދުމަށް ވުރެ އެހެން ކަންކަން އިސް ކުރެއެވެ. ކޮފީތަކަށް ދަންވަރު ދިއުމާއި، ރޭގަނޑު ހޭލާ ހުރެ ގޭމު ކުޅުމާއި ފިލްމު ބެލުމަކީ ޒުވާނުންނަށް ވަރަށް މުހިންމު ކަންކަމެވެ. ނަމަވެސް ނިދި ހަމަނުވުމަކީ ސިއްހީ އެތައް މައްސަލަތަކަކަށް މީހާގެ ހަށިގަނޑު ހުށަހެޅިގެންދާ ކަމެކެވެ.

އެގޮތުން ސިއްހީ މައްސަލަތަކަށް ބަލާއިރު، ރަނގަޅަށް ނުނިދޭނަމަ މީހާގެ ބަރުދަނަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ލަހުން ނިދާނަމަ އެމީހެއްގެ މެޓަބޮލިޒަމް ދައްވެ ކާނާ ހަޖަމުވުން ލަސްވެގެންދެއެވެ. އަދި ގިނަގިނައިން ބަނޑުހައި ހޫނުކަންވެސް އިހުސާސް ކުރެެވިގެންދެއެވެ. އަދި މީހާއަށް ހަމަ ނިދި ނުލިބޭނަމަ ކެއިން ބުއިމަށް ބޮޑެތި ބަދަލުތަކެއްވެސް އާދެއެވެ. ނަތީޖާއެއްގެ ގޮތުން މީހާގެ ބަރުދަނަށް ބޮޑެތި ބަދަލު އައިސް ސިއްހަތައްވެސް އޭގެ ނުރައްކާ ބޮޑެވެ.

ރަނގަޅަށް ނުނިދޭނަމަ މީހާގެ މޫޑަށް ވެސް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ހަމަ ނިދި ނުލިބޭނަމަ މީހާ ކުދިކުދި ކަންކަމުގައި ރުޅި އަންނަ ވަރު އިތުރުވެއެވެ. އަދި ދުވަހާއިގެން ކުރިއަށް ދިއުމަށްވެސް އެފަދަ ހާލަތްތަކުގައި އުނދަގޫވެގެން ދެއެވެ.

މާ ލަހުން ނިދުމަކީ، މީހާއަށް ކަންކަމަށް ސަމާލުކަން ދެވޭ މިންވަރަށް އަސަރުކުރާ ކަމެކެވެ. އަދި ނިދި ހަމަނުވާ ނަމަ ދުވާލު ވަގުތުތަކުގައި ބޯ އެނބުރުން ފަދަ ކަންކަން ދިމާވެ އެވެ. މިކަމުގެ ސަބަބުން މީހާގެ އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރެއެވެ.

ރޭގަނޑު ލަހުން ނިދުމުން ސިކުނޑިއަށްވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. މިހާއަށް ހަމަ ނިދި ނުލިބި ދުވަސް ފަށައިގަންނައިރު ސިކުނޑީގެ ތަބީއީ މަސަތްކަތްތަކަށް ހުރަސް އެޅިގެންދެއެވެ. އަދި ގިނަގިނައިން ބޮލުގައި ރިއްސުމާއި، މައިގްރެއިން ފަދަ ބަލިތަކަށްވެސް މީހާ ހުށަހެޅިގެން ދެއެވެ.

ތިމާގެ ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ނުލިބޭނަމަ އޭގެ ނޭދެވޭ އަސަރު ހަމަ ޔަގީނުންވެސް ކުރާނެ އެވެ. ނުނިދުމުގެ ސަބަބުން ހަށިގަނޑަށް މިހާ ބޮޑެތި ގެއްލުންތައްވާއިރުވެސް އަޅުގަނޑުމެންގެ ތެރޭ ގިނަ ޒުވާނުން ވިސްނާނުލަމުއެވެ. ނިދިނަގާލައި ގެއްލުން ދެމުންއެދަނީ އަމިއްލަ ހަށިގަނޑަށެވެ.

ދޮޅަހެޔޮ ސިއްހަތަށްޓަކައި ނިދި ފުރިހަމަކުރަންވީ ހަމައެކަނި ޒުވާނުންނެއް ނޫނެވެ. މިއީ ކޮންމެ އުމުރެއްގައިވެސް އިންސާނުންނަށް ކޮންމެހެންވެސް ވޭނުންވާ ކަމެކެވެ. ބާއްޖަވެރި އުފާވެރި ދުޅަހެޔޮ ދުވަސްތަކަށް އެދޭނަމަ ނިދި ހަމަކުރާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން