މަރްޔަމް ނަހްދާ ވަޙީދު   5 ޖުލައި 2024 - 5:45
ބަނޑުހައި ހޫނުކަންމަތީ ހުރި މީހެއް
ބަނޑުހައި ހޫނުކަންމަތީ ހުރި މީހެއް
އަބަދު ބަނޑުހައި ހޫނުކަން އިހުސާސް ކުރެވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. ގަޑިން ގަޑިން ކައިގެން ހުރި ކަމުގައިވީނަމަވެސް އަބަދު ބަނޑުހައިވެ އިތުރަށް ކާން ބޭނުންވުމަކީ ވަރަށްވެސް ގިނަ މީހުން ތަހައްމަލު ކުރަމުންދާ ކަމެކެވެ. މިގޮތައް ބަނޑުހައި ވާން މެދުވެރިވަނީ ވަރަށް ގިނަ ސަބަބުތަކާކާ ހުރެއެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށް ޕްރޮޓީން ނުލިބުމަކީ މީހާ އަވަސް އަވަހަށް ބަނޑުހައިކަމުގެ އިހްސާސް ކުރުވާ ކަމެކެވެ. ގިނައިން ޕްރޮޓިން އެކުލެވޭ ކާނާ ކެއުމުން ބަނޑު ފުލް ކަމަށް އިޝާރާތް ކުރާ ހޯމޯން އިތުރުވެ، ބަނޑުހައި ހޫނުކަން އުފައްދާ ހޯމޯން ދައްކޮށްދެއެވެ. ވީމާ ގިނައިން ޕްރޮޓީން ކެއުމަކީ ބަނޑުހައި ހޫނުކަން ކުޑަ ކުރުމަށް އެހީވެދޭނެ ކަމެކެވެ.

ކަންކަމާމެދު ފިކުރު ބޮޑުވެ ހާސްވާގޮތް ދިމާވުމަކީވެސް ބައެއް މީހުން އަވަސް އަވަހަށް ބަނޑުހައި ކޮށްދޭ ކަމެކެވެ. އެގޮތުން މާބޮޑަށް ރުޅިއައުމުން ނުވަތަ ދެރަވުމުން ވެސް ގިނައިން ކެވޭގޮތްވެ އެވެ. މިއަށް ކިޔަނީ ސްޓްރެސް އީޓިން އެވެ.

މީހާގެ ނިދުމަށް ބަދަލު އައިސް ގިނަ އިރު ހޭލާ އުޅުމުން ވެސް އަބަދު ބަނޑުހައިވާ ގޮތް މެދުވެރިވެއެވެ. މިހެން ދިމާވަނީ ނިދި ހަމަނުވުމުގެ ސަބަބުން ހޯމޯންސްތަކަށް އަންނަ ބަދަލުގެ ސަބަބުންނެވެ. އަދި ހަމައެފަދައިން ނިދި ހަމަނުވަނީސް ހޭލެވުމުން މީހާ ލޮޑުވެ ވަރުބަލިވާ ގޮތް ވުމުންވެސް ބަނޑުހައި ކަމުގެ އިހްސާސްކުރެވެއެވެ.

އަވަސް އަވަހަށް ބަނޑުހައިވާނަމަ އެކަމުން ދުރުވުމަށް އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންކަން ކުރެވިދާނެއެވެ. އެގޮތުން ކުރެވިދާނެ ކަންކަމުގެތެރޭގައި ސިއްހަތައް ފައިދާހުރި ކާނާ ކެއުމާއި، ނިދި ހަމަ ޖެހެންދެން ނިދުމާއި، އަދި ފާސްޓު ފުޑް ބޭނުންކުރާ ވަރު މަދުކުރުން ހިމެނެއެވެ. އަދި މީގެއިތުރުން ގިނައިން ފެން ބުއިމަކީވެސް މިކަމުން ދުރުވުމަށް ކުރެވޭނެ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން