ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ޖާގަ ޕީއެސްޖީން ކަށަވަރުކޮށްފިއެވެ.
ރޭ ކުޅުނު މެޗުގެ 26 ވަނަ މިނެޓުގައި އެޓަލާންޓާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާރިއޯ ޕަސަލިޗްއެވެ.
މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީން ވަނީ ފުލުފުލުގައި އެޓްލާންޓާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ޕީއެސްޖީގެ ނޭމާ އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކީލިއަން އެމްބާޕޭއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި މެޗުގައި ޕީއެސްޖީން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ފަހުވަގުތު ގާތްގާތުގައި ޖެހި ދެ ލަނޑާއެކުއެވެ. މެޗުގެ 90 ވަނަ މިނެޓުގައި މާކީނިއޯސް ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން އެޓީމަށް ލީޑު ނަގައިދިނީ ޗޫޕޯ-މޯޓިންގެވެ.
ސެމީގައި ޕީއެސްޖީ ބައްދަލުކުރަން ޖެހޭނީ ކުއާޓާގައި މިރޭ އެތުލެޓިކޯ މެޑްރިޑާއި އާރުބީ ލެއިޕްޒީގް ވާދަކޮށް މޮޅުވާ ޓީމަކާއެވެ.
ކޯވިޑް-19 އާ ގުޅިގެން ކުއާޓަރ ފައިނަލުން ފަށައިގެން ޗެމްޕިއަންސް ލީގުގެ މެޗުތައް ޕޯޗުގަލް ވެރިރަށް ލިޒްބަންގައި ކުރިއަށްދާއިރު، ޗެންޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ ކުޅޭނީ އެތުލެޓިކޯ މެޑްރިޑާއި އާރުބީ ލައިޕްޒިގް އެވެ. ތިން ވަނަ މެޗުގައި ހުކުރު ދުވަހުގެރޭ ބާސެލޯނާ އާއި ބަޔާން މިއުނިކް ވާދަކުރާއިރު ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ވާދަކުރާނީ ލިޔޯން އާއި މެންޗެސްޓަރ ސިޓީ އެވެ.

ކިޔުންތެރިންގެ ހިޔާލު