މި ސަރުކާރުން ޓެކްސް ބޮޑުކުރަން ނުޖެހޭނެ ކަމަށާއި ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި އޮންނާނީ މި ސަރުކާރަށް ވާ ވަރަށް ޓެކްސް ބޮޑުކޮށްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަަވަމުން ޝަހީމް ވިދާޅުވީ ހަގީގަތުގައިވެސް މި ސަރުކާރުން އުޅެނީ ލާރި ނެތިގެނެއް ނޫން ކަމަށާއި ލާރި އިސްރާފުކުރުން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.

ހަމަ އެހެންމެ ރައީސް ޑރ. މުހައްމަދު މުއިއްޒު ލެގެސީ ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އެމަނިކުފާނުގެ ބިނާތައް ބެހެއްޓުމަށްޓަކައި ހިންގަން ޖެހޭ ބިޔަ ބޮޑު ޕްރޮޖެކްޓްތަކެއް ހިންގުމަށް ފަސް އަހަރުގެ ކުރުމުއްދަތެއްގައި އިންތިހާއަށް ހަަރަދުކުރުމަށްޓަކައި ރައްޔިތުން ފެލައިގެން ލާރި ހޯދުމުގެ ވިސްނުމެއް އެމަނިކުފާނު ގެންގުޅުއްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އެއްވެސް ސިނާއަތަކުން އިންތިހާއަށް ބޮޑު ޓެކްސް ނަގަން ނުޖެހޭ ކަމަށެވެ.

"އެމްޑީޕީގެ ސަރުކާރުން އޮންނާނީ ރާއްޖޭގައި ކޮވިޑްގެ ދަތި ހާލުގައި ހަރަދުކުރަން އާމްދަނީއެއް ނެތި ޖެހުނު މައްސަލަތަކާ ގުޅިގެން އަލަށް ހަވާލުވާ ސަރުކާރަކުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ޓެކްސް ބޮޑުކޮށްދީފައި. އެއީ ރައްޔިތުންނަށް އެކަށީގެންވާ އަދަަދަކުން އެކަން އޮންނާނީ ކޮށްދީފައި." ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްވެރިންގެ ކަރަށް މި ސަރުކާރުން ފައިން އަރާފައިވާ ކަމަށާއި އެހެން ކަމުން ދެން ތިބި އެހެން މީހުންނަށް މި ސަރުކާރުން ނުކުރާނީ ކީއްތޯވެސް އޭނާ ސުވާލު ކުރެއްވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން