ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމުގައި ހުންނެވި އިމާދު ސޯލިހް އެ މަގާމުން ވަކިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިމާދު އެ މަގާމުން ވަކިކުރީ މިއަދު އެ އޭޖެންސީގެ ބޯޑު ބައްދަލުވުމެއް ބާއްވައި ބޯޑުގެ މެންބަރުންގެ އިއްތިފާގުންނެވެ.
ބޯޑުގެ މެންބަރުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ، އިމާދު ވަކިކުރަން ނިންމީ މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަން ގިނަ މަސައްކަތްތައް ހުރިނަމަވެސް އެ މަސައްކަތްތައް އިމާދު އާއިއެކު އެންމެ އެކަށީގެންވާ ގޮތުގައި ކުރެވޭނެކަމަށް ގަބޫލު ނުކުރެވިގެން ކަމަށެވެ.
އިމާދުގެ މަސައްކަތް ލަސްކަމުގެ ކަންބޮޑުވުން ވެސް ބޯޑުގެ މެންބަރުން ފާހަގަކުރެއެވެ.
އެންޑީއޭގެ ސީއީއޯގެ މަގާމު ހުސްކޮށް އޮންނަތާ 17 މަސް ދުވަަސް ފަހުން އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ ސަރުކާރުގައި 2022 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ.
އިމާދު ވަކިކުރަން ނިންމުމަށްފަހު ބޯޑުގެ ސީއީއޯ ކަމުގެ މަގާމަށް 90 ދުވަސް ތެރޭ ސީއީއޯއެއް އައްޔަން ކުރުމަށާއި މިވަގުތު ވެސް އެއްވެސް ހުސްކަމެއް ނާންނާނެގޮތަށް ވަގުތީ ސީއީއޯއަކަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ރާޝިދު ވަނީ ބޯޑުން އައްޔަނުކޮަށްފައެވެ.
ރާޝިދު އެ ޒިންމާ އަދާކުރައްވާނީ އިތުރު މުސާރައަކާއި ނުލާކަމަށް އެންޑީއޭއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު