މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ދެވޭ ފަރުވާ އާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ތަރައްގީކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑޭޓާ ސައިންސް ބޭނުންކުރުމާ ގުޅޭގޮތުން ޗައިނާގެ ޔުނާން ޔުނިވަރސިޓީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، އެންޑީއޭގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެ އެޖެންސީގެ ބޯޑުގެ ޗެއާޕާސަން، އަލްއުސްތާޛު އަޙްމަދު ޞިއްދީޤުއެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި އެންޑީއޭގެ އިސް ބޭފުޅުންގެ އިތުރުން ޗައިނާގެ ޔުނާން ޔުނިވަރސިޓީގެ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފަހުމުނާމާއަކީ މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށާއި، ދެފަރާތުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި ވެވުނު އެއްބަސްވުމެކެވެ. މި މަޝްރޫއުގެ ދަށުން މައިގަނޑު ގޮތެއްގައި އަމާޒު ހިފާފައިވަނީ ޒަމާނީ ޓެކްނޮލޮޖީ އާއި އޭއައި ބޭނުންކޮށްގެން ދިމާވާ މައްސަލަތަކަށް ހައްލުތައް ހޯދުމާއި، މި ދާއިރާއިން ދިރާސާތައް ކުރުމަށެވެ. މީގެއިތުރުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގައިގެން މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުން ވެސް މި އެއްބަސްވުމުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫއުގެ މައިގަނޑު އަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެންޑީއޭގައެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެންޑީއޭގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އަބްދުﷲ ފަސީހް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރައްވާނީ މި ޕްރޮޖެކްޓުގެ ތެރެއިން ދިވެހިންނާ އެންމެ ރައްޓެހި ގޮތްތަކަކީ ކޮބައިތޯ ބަލައި، އޭއައިގެ އެހީގައި އެންޑީއޭގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކަމަށެވެ.
"މިދެންނެވީ ނަފްސާނީ ސިއްހަތާ ގުޅުން ހުރި ކަންތައްތަކަކީ އިތުރު އެހެން މީހަކާ ވާހަކަ ދައްކަންވީމަ އެހާ ފަސޭހަ ކަމަކަށް ނުވެދާނެ. އެ ޗެލެންޖުތައް ވީހާވެސް ކުޑަކުރުމުގެ ގޮތުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެސެސްމެންޓް ހެދުމާއި، އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަން ހޯދުން،" ފަސީހް ވިދާޅުވިއެވެ.
މީގެއިތުރުން، މި ފަހުމުނާމާގެ ސަބަބުން އެންޑީއޭގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް މި ދާއިރާއިން ބޭނުންވާ އިތުރު ތަމްރީނާއި ބައިނަލްއަގުވާމީ ތަޖުރިބާ ލިބިގެންދާނެ ކަމަށްވެސް ފަސީހް ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ދެވޭ ފަރުވާ އާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ތަރައްގީކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް އަދި ޑޭޓާ ސައިންސް ބޭނުންކުރުމާ ގުޅޭގޮތުން ޗައިނާގެ ޔުނާން ޔުނިވަރސިޓީއާއި ދިވެހިރާއްޖެއާ ދެމެދު ވެވުނު ފަހުމުނާމާގެ ދަށުން… pic.twitter.com/9itIneKZ3R
— Ministry of Homeland Security, Labour & Technology (@HomeMinistrymv) August 19, 2026
މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެންޑީއޭގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އަބްދުﷲ ފަސީހް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރައްވާނީ މި ޕްރޮޖެކްޓުގެ ތެރެއިން ދިވެހިންނާ އެންމެ ރައްޓެހި ގޮތްތަކަކީ ކޮބައިތޯ ބަލައި، އޭއައިގެ އެހީގައި އެންޑީއޭގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކަމަށެވެ.
"މިދެންނެވީ ނަފްސާނީ ސިއްހަތާ ގުޅުން ހުރި ކަންތައްތަކަކީ އިތުރު އެހެން މީހަކާ ވާހަކަ ދައްކަންވީމަ އެހާ ފަސޭހަ ކަމަކަށް ނުވެދާނެ. އެ ޗެލެންޖުތައް ވީހާވެސް ކުޑަކުރުމުގެ ގޮތުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެސެސްމެންޓް ހެދުމާއި، އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަން ހޯދުން،" ފަސީހް ވިދާޅުވިއެވެ.
މީގެއިތުރުން، މި ފަހުމުނާމާގެ ސަބަބުން އެންޑީއޭގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް މި ދާއިރާއިން ބޭނުންވާ އިތުރު ތަމްރީނާއި ބައިނަލްއަގުވާމީ ތަޖުރިބާ ލިބިގެންދާނެ ކަމަށްވެސް ފަސީހް ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު