ފަރުވާއަށް ދިޔަ މީހުންނަށް ޑްރަގްދީ ނަހަމަ ގުޅުން ހިންގިކަމަށް ތުހުމަތިކުރެވޭ މުވައްޒަފު-
ފަރުވާއަށް ދިޔަ މީހުންނަށް ޑްރަގްދީ ނަހަމަ ގުޅުން ހިންގިކަމަށް ތުހުމަތިކުރެވޭ މުވައްޒަފު-
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މަސްތުވާތަކެއްޗަށް ފަރުވާ ހޯދާ މީހުންނަށް ޑުރަގު ދީ، އެ މީހުންނާއެކު ނަހަމަ ގުޅުން ބޭއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ އެޖެންސީގެ މުވައްޒަފު އިތުރު 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެންޑީއޭ އިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރީ އައްޑޫ ފޭދޫ، ފްލޮރިޑާ، މުހައްމަދު ފަސީހު، 51، އެވެ. އޭނާއަކީ އެންޑީއޭގެ ޕިއާ މެންޓާއަކަށް މަސައްކަތް ކުރަމުން އައި މީހެކެވެ.

ފަސީހުގެ ބަންދަށް އެންމެ ފުރަތަމަ ދިން 15 ދުވަސް ހަމަވެގެން، ޑިސެމްބަރު 6 ވަނަ ދުވަހު ބަންދު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން 30 ދުވަހަށް ބަންދުކުރިއެވެ.

އެ މުއްދަތު ހަމަވެގެން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދުކުރަަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފަސީހުގެ މައްޗަށް އެންޑީއޭއިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް މަސްތުވާތަކެތި ދީ، ނަހަމަ ގުޅުން ބާއްވާ ކަމުގެ ތުހުމަތު ތަކެއް ފުލުހުން ވަނީ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު