މިދިޔަ މަހު ހުށައެޅުނު ވައްކަމާއި ފޭރުމުގެ މައްސަލަތައް އޭގެ ކުރީ މަހަށްވުރެ މަދު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ރޭ ވިދާޅުވީ، މިދިޔަ މަހު ހުށައެޅުނު ވައްކަމާއި ފޭރުމުގެ މައްސަލަތައް އޭގެ ކުރީމަހަށްވުރެ މަދުވުމަކީ ފުލުހުންގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް ލިބުނު ހިތްވަރެއް ކަމަށެވެ.
އެހެންނަމަވެސް، އެހެން ކުށްތަކުގެ ތަފާސްހިސާބުތަކަށް މާބޮޑު ބަދަލެއް އައިސްފައިނުވާކަން ޝިފާން ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ޢާއްމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫންމަހު ވައްކަމުގެ 315 މައްސަލައާއި ފޭރުމުގެ 29 މައްސަލަ އެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް މިއަހަރުގެ މެއި މަހު ފުލުހުންނަށް ވައްކަމުގެ 335 މައްސަލައާއި ފޭރުމުގެ 50 މައްސަލަ ހުށައަޅާފައިވާ ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ.
ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވީ އަހަރު އެ އިދާރާއަށް ވައްކަމުގެ 3818 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
މިދިޔަ މަހު ހުށައެޅުނު ވައްކަމާއި ފޭރުމުގެ މައްސަލަތައް އޭގެ ކުރީ މަހަށްވުރެ މަދުކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް އެހެނިހެން ކުށްތައް ހުރީ ދާދި އެއްހަމައެއްގައި ހިފެހެއްޓިފައެވެ.
އެގޮތުން މަސްތުވާތަކެތީގެ 175 މައްސަލައާއި ތަންތަނަށް ގެއްލުން ދިނުމުގެ 64 މައްސަލައެއް ހުށައަޅާފައިވެއެވެ.
އޭގެ އިތުރުން ފޯޖުކުރުމުގެ އަށް މައްސަލައާއި ޓްރެފިކާއި ގުޅުންހުރި 212 މައްސަލަ މިދިޔަ ޖޫންމަހު ހުށައަޅާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުގައި ވެއެވެ. ހަމައެއާއެކު ޖިންސީ ކުށުގެ 23 މައްސަލައެއް ހުށައަޅާފައިވާކަމަށް ފުލުހުންގެ ރެކޯޑްތަކުން ދައްކައެވެ.

It is encouraging to see a decrease in theft and robbery in June compared to May, despite no significant changes in overall crime patterns. https://t.co/8nhaE2Yodh pic.twitter.com/OoXHkCza6D
— Ahmed Shifan (@Shifan4040) July 5, 2024
ދިވެހި ފުލުހުންގެ ޚިދުމަތުން ޢާއްމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫންމަހު ވައްކަމުގެ 315 މައްސަލައާއި ފޭރުމުގެ 29 މައްސަލަ އެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް މިއަހަރުގެ މެއި މަހު ފުލުހުންނަށް ވައްކަމުގެ 335 މައްސަލައާއި ފޭރުމުގެ 50 މައްސަލަ ހުށައަޅާފައިވާ ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ.
ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވީ އަހަރު އެ އިދާރާއަށް ވައްކަމުގެ 3818 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
މިދިޔަ މަހު ހުށައެޅުނު ވައްކަމާއި ފޭރުމުގެ މައްސަލަތައް އޭގެ ކުރީ މަހަށްވުރެ މަދުކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް އެހެނިހެން ކުށްތައް ހުރީ ދާދި އެއްހަމައެއްގައި ހިފެހެއްޓިފައެވެ.
އެގޮތުން މަސްތުވާތަކެތީގެ 175 މައްސަލައާއި ތަންތަނަށް ގެއްލުން ދިނުމުގެ 64 މައްސަލައެއް ހުށައަޅާފައިވެއެވެ.
އޭގެ އިތުރުން ފޯޖުކުރުމުގެ އަށް މައްސަލައާއި ޓްރެފިކާއި ގުޅުންހުރި 212 މައްސަލަ މިދިޔަ ޖޫންމަހު ހުށައަޅާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުގައި ވެއެވެ. ހަމައެއާއެކު ޖިންސީ ކުށުގެ 23 މައްސަލައެއް ހުށައަޅާފައިވާކަމަށް ފުލުހުންގެ ރެކޯޑްތަކުން ދައްކައެވެ.
ކިޔުންތެރިންގެ ހިޔާލު