މ. އެންޒިއަންގޭގެ 3 ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކުރި މީހުންގެ ހާލު މިހާރު ރަނގަޅު ކަމަށް އައި.ޖީ.އެމް.އެޗުން ހާމަކޮށްފިއެވެ.
މިމަހުގެ 4 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކުރި ހަތަރު މީހަކަށް ފަރުވާދިނުމަށް އައި.ޖީ.އެމް. ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
އޭގެ ތެރެއިން ދެ މީހަކު ފަރުވާއަށްފަހު ޑިސްޗާޖް ކޮށްފައި ވާއިރު ބާކީ ތިބި ދެ މީހުންނަށް މިހާރު ފަރުވާ ދެމުންދަނީ ވޯޑުގައެވެ. އަދި އެމީހުންގެ ޙާލު ރަނގަޅުކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މ. އެންޒިއަންގޭގެ ތިންވަނަ ފަންގިފިލާގައި އަލިފާން ރޯވިތާ މާ ގިނައިރުތަކެއް ނުވަނީސް ނިއްވާލާފައި ވީނަމަވެސް، އަލިފާނުގެ ހާދިސާގައި އެ ފަންގިފިލާގައި ހުރި ގިނަ އަދަދެއްގެ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އަލިފާނުގެ ޙާދިސާއާ ގުޅިގެން ނެޝަނަލް ޑިޒަރސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ އެ ފަންގިފިލާގައި ދިރިއުޅުނު އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު