މާލޭގެ ސްޕާއަކުން ހައްޔަރުކުރި ތައިލެންޑު ތިން އަންހެނުންގެ ބަންދަން 15 ދުވަސް ޖަހައިފިއެވެ.
މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއްގައި ބިދޭސީ އަންހެނުންތަކެއް ހަށިވިއްކާކަމުގެ މައުލޫމާތު ލިބިގެން މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ފުލުހުން ވަނީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލާ ފާސްކޮށް، 55 އަހަރުގެ ދިވެހި ފިރިހެނަކާއި ތައިލެންޑުގެ 3 އަންހެނުން ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންބުނީ ހައްޔަރުކުރި އަންހެނުންނަކީ 30 އަހަރުގެ ދެ މީހަކާއި 28 އަހަރުގެ މީހެއް ކަމަށެވެ.
ފުލުހުންގެ ޚިދުމަތުން ރޭ ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން ތައިލެންޑް ތިން އަންހެނުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ދިވެހި މީހާ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު