ގައުމު ހަމަ މަގަށް އެޅުވޭނީ ވެރިން ޒިންމާދާރުކުރުވައިގެން ކަމަށް ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ޙިޖުރީ ސަނަތުން 1446 ވަނަ އަހަރު ފެށުމުގެ މުނާސަބާގެ ތަހުނިޔާއާ މުބާރިކު ބާދީ އަރިސްކުރައްވާ ފޮނުއްވި މެސެޖެއްގައެވެ.

ދިވެހި ރައްޔިތުންނަށް ފޮނުއްވި މެސެޖުގައި ރައީސް ޔާމިން ވިދާޅުވީ، ގައުމު ހަމަ މަގަށް އެޅުވޭނީ ވެރިން ޒިންމާދާރުކުރުވައިގެން ކަމަށެވެ. އެހެންކަމުން ޕާޓިއަކަށް ސިޔާސީ ފިކުރަކަށް ނުބައްލަވާ ނިކުމެ ހުރިހާ ރައްޔިތުންވެސް ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ޔާމިން ވިދާޅުވިއެވެ.

މީގެ އިތުރުން، ކަންކަން ރަނގަޅުކުރުމުގެ ވައުދާއެކު އައި ސަރުކާރުގެ އަމަލުތަކަށް ފާރަވެރިވުމަށް ރައީސް ޔާމީން ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު އިސްނުކުރުމަށްވެސް އެމަނިކުފާނުގެ މެސެޖުގައި އިލްތިމާސް ކުރައްވާފައިވެއެވެ.

ޔާމިން ވިދާޅުވީ އިސްލާމީ އުއްމަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކުގެ މަތިން މިއަދު ހަނދާންކުރަންޖެހޭ ކަމަށެވެ. އަދި ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކުރުވަމުން ގެންދާ އަނިޔާއިން އެ މުސްލިމު އަޚުންނާ އުޚުތުން ސަލާމަތްކޮށްދިނުމަށް އެދި ދުއާ ކުރުމަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން