ސޯޝަލް އެންޒައެޓީ އަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ވަރަށް ގިނަ މީހުން ތަހައްމަލު ކުރަމުންދާ ކަމެކެވެ. ސޯޝަލް އެންޒައިޓީ ހުންނަ މީހުންނަށް އިޖުތިމާއީ އެކި ކަންކަން ކުރުމަށާއި މީހުން ގިނަ ތަންތާގައި މާ ގިނަ އިރު ހުރުމަށް އުނދަގޫވެއެވެ. މި ބަލިން ސަލާމަތްވުމަށް ވަރަށް ގިނަ ކަންތައްތައް ކުރެވޭނެއެވެ.
މި ބަލިން ސަލާމަތްވުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ތިމާގެ ގައިގައި މި ބަލި ހުންނަ ކަން ގަބޫލުކުރުމެވެ. ނަފްސާނީ މައްސަލައެއް ހައްލު ކުރުމަށް އަޅަންޖެހޭ އެންމެ މުހިންމު އަދި އެންމެ ފުރަތަމަ ފިޔަވަޅަކީ އެ މައްސަލަ ހުރިކަން ގަބޫލުކޮށް އެކަމަށް ފަރުވާ ހޯދަން މަސަތްކަތް ކުރުމެވެ.
މީހުންގެ ތެރޭގައި އުޅޭއިރު ބޯހާސްވާ ގޮތް ދިމާވަނީ ކީއްވެ ކަން ދެނެގަތުމަކީވެސް ސޯޝަލް އެންޒައިޓީއިން ސަލާމަތްވުމަށް އަޅަން ޖެހޭ ފިޔަވަޅެކެވެ. އެގޮތުން މީހުންގެ ތެރޭގައި އުޅޭއިރު އެންޒައިޓީގެ އަލާމާތްތައް ޓްރިގާވަނީ ނުވަތަ ފާޅުވަނީ ކޮން ކޮން ކަމެއް ދިމާވުމުންކަން ދެނެގަންނަން ޖެހެއެވެ.
ނަފްސާނީ ބަލިތަކުން ދުރުވުމަށް ތެރަޕީ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ސޯޝަލް އެންޒައިޓީ ހުންނަ ނަމަ ތެރަޕިސްޓަކާ ވާހަކަ ދައްކައި ފަރުވާ ހޯދަން މަސަތްކަތް ކުރުމަކީ މި ބަލި ތަހައްމަލު ކުރާ މީހުންގެ ޒިންމާއެކެވެ. ސަބަބަކީ ތެރަޕިސްޓުންނަށް ތިމާއަށް ދިމާވާ އެންޒައިޓީގެ ޓްރިގާތައް ދެނެގަނެވި އެކަމުން ސަލާމަތްވުމަށް އެހީތެރިވެ ދެވޭނެތީއެވެ.
މަޑުމަޑުން ތިމާގެ ސޯޝަލް އެންޒައިޓީ ޓްރިގާވާ ފަދަ ކަންކަން ކުރުމަކީވެސް މި ބަލިން ދުރުވުމަށް އެހީވެދޭ ކަމެކެވެ. އެގޮތުން މަދުމަދުން މީހުން އެއްވާ ތަންތަނަށް ގޮސް މީހުންގެ ތެރޭގައި ހެލިފެލިވެ އުޅުމަކީ ސޯޝަލް އެންޒައިޓީ އިން އަރައިގަތުމަށް ކުރެވިދާނެ ކަމެކެވެ.
ސޯޝަލް އެންޒައިޓީގެ ސަބަބުން ތިމާއަށް އެހެން މީހުންނާ ގުޅުން ބަދަހި ކުރުމަށް އުނދަގޫވެއެވެ. އަދި މަސަތްކަތުގެ މައިދާނުގަ އާއި ދިރިއުޅުމުގެ އެކި ކަންތައްތަކުގައި އުޅޭއިރުވެސް މީހުންނާ މުއާމަލާތު ކުރަން އުނދަގޫ ވެއެވެ. ވީމާ މިކަމުން ވީހާވެސް އަވަހަށް އަރައިގަނެވޭތޯ ބަލަމް ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު