ކ. ތުލުސްދޫގައި މެޑިކަލް ކޮލެޖެއް ގާއިމުކުރަން ބިން ދޫކުރަން ނިންމައިފި އެވެ.
ތުލުސްުދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އަމިއްލަ ޚަރަދުގައި މެނޭޖްކޮށް އޮޕަރޭޓް ކުރުމަށް، 100 އެނދުގެ ހޮސްޕިޓަލަކާއި، މެޑިކަލް ކޮލެޖެއް އެޅުމަށް ޝައުގު ވެރިވާ ފަރާތްތަކަށް، އެފަދަ ހޮސްޕިޓަލަކާއި ކޮލެޖެއް އެޅުމަށް ބޭނުންވާ ބިން ދިގު މުއްދަތަކަށް އެ ރަށުން ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ހޯމަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ބިޑު ފޮތް ދޫކުރާނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.
ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ "ރަސް"އަށް ވިދާޅުވީ މީގެ ކުރިން ވެސް އެ ރަށުގައި މެޑިކަލް ކޮލެޖެއް ހަދަން އިންޑިއާ އަދި ޑުބާއީގެ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
ތުލުސްދޫގައި މެޑިކަލް ކޮލެޖެއް ގާއިމުކުރަން ނިންމި އިރު ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލާއި ޓީޗިންގ ހޮސްޕިޓަލް ޕާކިސްތާނުގެ ހިލޭ އެހީގައި އިމާރާތް ކޮށްދޭން ވަނީ ނިންމައިފަ އެވެ.
ހުޅުމާލޭގައި ހަދާ އެ މެޑިކަލް ކޮލެޖު ޑިޒައިންކޮށްފައި ވަނީ ޕާކިސްތާނުގެ އާތިފު ނަޒަރު ޕްރައިވެޓް ލިމިޓެޑުން ނެވެ. އެ ތަންތަނުގެ މަސައްކަތް މި އަހަރު ފަށައި ދެ އަހަރާއި ބައިގެ ތެރޭގައި މަސައްކަތް ނިންމައި އެތަނުގައި ކިޔަވައިދޭން ފަށާނެ ކަމަށް ވެސް މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު