އިދިކޮޅު އެމް.ޑީ.ޕީ.ގެ ދާއިރާތަކުގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމް.ޑީ.ޕީ އިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެމް.ޑީ.ޕީ.ގެ ދާއިރާތަކުންނާއި ރަށްރަށުން ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މި މަގާމުތަކަށް ކުރިމަތި ލެވޭނީ މިމަހުގެ އެއްވަނަ ދުވަހުގެ ކުރިން އެމް.ޑީ.ޕީ.ގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސްގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށެވެ. އޭގެއިތުރުން ފާއިތުވި ފަސް އަހަރު ތެރޭގައި އެމް.ޑީ.ޕީ.ގެ އަސާސީ ގަވާއިދާ ހިލާފުވެފައި ނުވާ މީހަކަށް ވާންޖެހޭ ކަމަށް ވެސް އިއުލާނުގައިވެއެވެ.

އެމް.ޑީ.ޕީ.ގެ ބައި-އިލެކްޝަނުގައި ވާދަކުރަން ނަން ހުށަހެޅޭނެ އެންމެ ފަހު ސުންގަޑިއަކީ މިއަންނަ ހޮނިހިރު ދުވަހުގެ މެންދުރު 2:00 އެވެ.

އަންނަ އޯގަސްޓު 2، ގައި ބާއްވަން ހަމަޖެހިފައިވާ އެމް.ޑީ.ޕީ.ގެ ބައި-އިލެކްޝަން އިންތިހާބުގެ ވޯޓުލުން 103 ރަށަކާއި 13 ދާއިރާއެއްގައި ކުރިއަށް ދާނެ އެވެ.

އެދުވަހު އެމް.ޑީ.ޕީ ގައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް މީހުން އިންތިހާބު ކުރަން ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުންވެސް ކުރިއަށްދާނެ ކަމަށް އެމް.ޑީ.ޕީ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން