ފެންޕްލާންޓް ހަރުކޮށްފައިވާ ދޯނި ތިނަދޫ ސިޓީގައި
ފެންޕްލާންޓް ހަރުކޮށްފައިވާ ދޯނި ތިނަދޫ ސިޓީގައި
ތިނަދޫ ސިޓީގެ ރިޒާވް ޓޭންކްތަކަށް ފެން އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ ތިނަދޫ ސިޓީގެ ފެންޕްލާޓަށް ދިމާވި މައްސަލައާއި ގުޅިގެން ރައްޔަތުންނަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިއަދު ވަނީ ތިނަދޫ ސިޓީއަށް ފެންއުފައްދާ ޕްލާންޓެއް ހަރުކުރެވިފައިވާ ދޯންޏެއް ގެންގޮސް ރިޒާވް ޓޭންކްތަކަށް ފެން އެޅުމުގެ މަސައްކަތް ފެށިފައި ކަމަށް ފެނަކައިން މަޢުލޫމާތު ދީފައިވެއެވެ.

“ފެނަކައިން މަސައްކަތްކުރަމުން މިދަނީ މިއަދު ހަވީރުން ފެށިގެން ތިނަދޫ ސިޓީއަށް ދެމުންދާ ފެނުގެ ހިދުމަތް ކުރިޔެކޭވެސް އެއްގޮތަށް މެދުނުކެޑި ދެވިގެން ދާނެގޮތައް އިންތިޒާމް ކުރުމަށެވެ.” ފެނަކައިން މީސްމީޑިއާގައި ޙިއްސާކުރި މެސެޖުގައިވެއެވެ.

ފެނަކައިން ވަނީ ފެން ފޯރުކޮށްދިނުމުގައި ކުރިމަތިވި މައްސަލަތަކަށްޓަކައި ރައްޔިތުންގެ އަރިހަށް މާފަށް އެދިފައެވެ.

އަދި މިފަދަ ކޮންމެ ވަގުތެއްގައި ތިނަދޫގެ ލޮބުވެތި ރައްޔަތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފެނަކައިން ވަނީ ޝުކުރު އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން