ބޯފެނަށްފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އެންމެ ގިނައިން ބޭނުންކުރާ ބުއިމަކީ ސައެވެ. ސަަޔަކީ މީހާގެ ސުކުނޑިއަށް ތަޒާކަން ގެނެސް ދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. ސައިބޯމީހުން ސައިބޮނީ ކޮފީ ބޯމީހުން ކޮފީ ބޯފަދައިންނެވެ. އެގޮތުން އަޅުގަނޑުމެން ދިވެހީންގެ ތެރޭގައިވެސް ސަޔަކީ ވަރަށްވެސް ގިނަ މީހުންގެ މަގުބޫލު ބުއިމެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އެކި ވައްތަރުގެ ސައި ބޮއެ އުޅެއެވެ. އޭގެތެރޭގައި ތަފާތު އެކިރަހަތައް އެކުލެވޭ ސައި ހިމެނެއެވެ. މީހުން ސައި ބޮއެ އުޅެނީ އެއިން ދޭ މީރު ރަހައިގެ އިތުރުން ސިއްހީ ފައިދާ އޭގައި އެކުލެވިގެންވާތީއެވެ.
އެކި ވައްތަރުގެ ސައިގެ ރަހައާއި ކުލަ ތަފާތުވާނެއެވެ. ނަމަވެސް ހުރިހާ ވައްތަރެއްގެ ސައެއްވެސް ތައްޔާރު ކުރެވެނީ އެއްވައްތަރެއްގެ ގަހަކުންނެވެ. އެއީ އެވަގްރީން ގަހެއް ކަމަށްވާ ކަމެލިއާ ސިނެންސިސް އެވެ.
ކެމެލިއާ ސިނެންސިސް ގަހަކީ އޭގައި ފްލެވަނޮއިޑްސް ގިނައިން ހުންނަ ގަހެކެވެ. ފްލެވޮނައިޑްސް އަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެހީތެރިވެދޭ ބަޔޯއެކްޓިވް ކޮމްޕައުންޑްތަކެކެވެ. ފްރީ ރެޑިކަލް ތަކަކީ އަޅުގަނޑުމެންގެ ހަށިގަނޑަށް ގެއްލުންދީ ކެންސަރާއި ހިތުގެ ބަލި ފަދަ ބަލިތަކަށް މަގުފަހި ކޮށްދޭ އެއްޗެކެވެ.
ފްލެވަނޮއިޑްސްގެ އިތުރުން ސައިގައި ހުންނަ އެމިނޯ އެސިޑް އެލް-ތީއަނިން އަކީ ސިއްހީ ފައިދާތަކެއް ލިބިދޭ އަދި ސައަށް ކެރެމަލްގެ ތަފާތު ރަހަތައް ވެސް ގެނެސްދޭ އެއްޗެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އެލް-ތީއަނިން އަކީ ސިއްހީ ގޮތުން ގިނަގުނަ ފައިދާތަކެއް އެކުލެވޭ އެއްޗެކެވެ. އެގޮތުން އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި އާއި އެންޓި-އިންފްލެމެޓަރީ އެއްޗެއްގެ ގޮތުގައި މަސައްކަތް ކުރާ އެލް-ތީއަނިން އަކީ ސިކުނޑިއާއި. ހިތާއި. ފުރަމޭ އަދި ކިޑްނީ ރައްކާތެރިކުރުމުގެ އިތުރުން މީހާގެ ހާސްކަން ކުޑަކޮށް ކެންސަރު ބަލިންވެސް މީހާ ރައްކާތެރިކޮށް ދިނުމަށް އެހީވެދޭ އެއްޗެކެވެ.
ސައިގައި ހިމެނޭ އަނެއް މާއްދާއެއް ކަމަށްވާ ކެފެއިން އާއި އެލް-ތީނިން އެއްކޮށްލުމުން ސަމާލުކަން އިތުރުކޮށްދޭ އެއްޗެއްގެ ގޮތުގައި މަސައްކަތް ކުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ދެ މާއްދާގެ ސަބަބުން އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދެމެހެއްޓެނިވި ސަމާލުކަން ލިބިދިނުމަށް އެހީވެދެއެވެ.
ސިއްހަތަށް ފައިދާހުރި އެހެނިހެން ސައިތައްވެސް އެބަ ހުއްޓެވެ. އެގޮތުން ބަލާއިރު ކެމޮމައިލް ސައި އަކީ ހާސްކަން ކުރިމަތިވާ މީހުންނަށް އެކަމުން ރައްކާތެރިވުމަށް އެހީވެދޭ ސައެކެވެ. އަދި މީގެ އިތުރުން ޕެޕަރމިންޓް ސައި އަކީ ބަނޑުގައި ރިއްސުން ފިލުވައިދީ ގޭސްގެ މައްސަލަތައް ހައްލުކޮށްދޭ އެއްޗަކަށް ވާއިރު، އިނގުރު ސައި އަކީ މާބަނޑު ދުވަސްވަރު މޭނުބައިކުރާނަމަ އެކަމަށް އޮތް އެންމެ ރަނގަޅު އެއް ފަރުވާއެވެ.
ކޮފީއާއި އެނާޖީ ޑްރިންކް ތަކުގެ ބަދަލުގައި ސައި ބުއިމަށް އާދަ ކުރުމަކީ ރަނފަޅު ސިއްހަތެއްގައި ދެމިހުރުމަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު