ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި މިނިސްޓަރު ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފަށަން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

އެގޮތުން އެެންމެ ހަ މަސް ތެރޭ ހއ. އުލިގަމުގައި އެ މަސައްކަތް ފަށަން އެސްޓީއޯއިން ދެ ޓޭންކަރުވެސް މިހާރު ގަނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަ އެހެންމެ އެމްއެންޑީއެފާއި އެސްޓީއޯ ގުޅިގެން ޝާޓު އަޕްޑޭޓް ކުރުމުގެ މަސައްކަތް ވެސް ފަށައި ކަސްޓަމާއި އިމިގްރޭޝަން ވެސް ތައްޔާރީތައްވަމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން މި ވާހަކަ ދައްކަމުންދާއިރު އެންމެ ހަމަސް ދުވަސް ތެރޭގައި އިރާދަ ކުރެއްވިއްޔާ ބަންކަރިންގެ ހިދުމަތަށް ވަޒީފާއަށް ނެރުމަށްޓަަކައި 40 ވަރަކަށް މީހުންގެ ވަޒީފާ އެސްޓީއޯއިން ވާނީ އިއުލާންކޮށްފައި. އަދި މިއަދުން ފެށިގެން އިރާދަ ކުރެއްވިއްޔާ އެއް މަސް ދުވަސް ތެރޭގައި ބަންކަރިންގެ ހިދުމަތް އުތުރުގައި ރަސްމީކޮށް ފައްޓާނެ." ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އަހަރެއްގެ ތެރޭގައި ބަންކަރިންގެ ހިދުމަތުން އެކަނި ރާއްޖޭގެ ޖީޑީޕީގެ ތެރެއަށް 400 މިލިއަން ޑޮލަރު ވަދެގެން ދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން