ރައީސް ޑރ. މުއިއްޒު ނޫނީ އިގުތިސާދު ފުޅާކުރެއްވުމަށް މަސައްކަތް ކުރެއްވި ވެރިއަކު ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީން ރޭ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ ޖީޑިޕީ އުޅެނީ 6.5 ބިލިއަން ޑޮލަރުގައި ކަމަށާއި އޭގެ ބޮޑުބައި ހިއްސާ ކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ކަމަށެވެ.
އެހެން ނަމަވެސް ޓުއަރިޒަމް ސިނާއަތު ހުއްޓިއްޖެނަމަ ދެން ހަދާނެ ގޮތެއް ރާއްޖޭގައި ނެތް ކަމަށް ސައީދު ވިދާޅުވިއެވެ.
އެކަމަކު ރައީސް މުއިއްޒުގެ ވެރިކަމުގައި އާ ސިނާއަތްތަކުން ރާއްޖޭގެ އިގުތިސާދު ފުޅާކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާުޅުވި އެވެ.
"ތިބޭފުޅުން އަމިއްލައަށް ސުވާލުކުރައްވާ، އެއްވެސް ރައީސަކު އެއްވެސް ސަރުކާރެއްގައި އާ އިންޑަސްްޓްރީއެއް ގެންނަން ނުވަތަ އިކޮނޮމީ ޑައިވާސިފައި ކުރަން ހަމައެކަނި ވާހަކަ ދެއްކުމުގެ ބަދަލުގައި ހިތްޕުޅަށް ގެންނަވާ އެންމެ ކަމެއް. ނޯންނާނެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކުވެސް ނޯންނާނެ. ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ނޯންނާނެ. އަދި އޭގެ ކުރިން ރައީސް ނަޝީދާ ރައީސް ވަހީދުގެ ސަރުކާގައި ވެސް ނޯންނާނެ." ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އިއުލާންކުރި ގޮތަށް ހއ. އުލިގަމުގައި ބަންކަރިންގެ ހިދުމަތް ފަށަން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
އަދި ބަންކަރިންގެ ހިދުމަތް ފެށުމުން ރާއްޖޭގެ ޖީޑީޕީގެ ތެރެއަށް އަަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު އިތުރުވެގެންދާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު