ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސެއިން
ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސެއިން
އެމް.ޑީ.ޕީ.ގެ ނައިބު ރައީސްގެ މަގާމަށް ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސެއިން އައްޔަންކުރަން ހުށަހަޅައިފިއެވެ.

މީސް މީޑިއާގައި މިއަދު އެކަން އިޢުލާނު ކުރެއްވީ އެމް.ޑީ.ޕީ.ގެ ރައީސް އަބްދުﷲ ޝާހިދެވެ.

ޝާހިދު މިއަދު ވިދާޅުވީ، އެމް.ޑީ.ޕީ.ގެ ނައިބު ރައީސްގެ މަގާމަށް ހިސާން އައްޔަނު ކުރުމަށްޓަކައި ގައުމީ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތަށް ހުށަހެޅުއްވީ މިއަދު ކަމަށެވެ. އެގޮތުން ޕާޓީގެ ލީޑަޝިޕުގައި އަންހެނުން މަދުވުމަކީ ހިސާން ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރަން ވިސްނެވި ސަބަބެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަލްއުސްތާޒާ ހިސާން ހުސެއިން މިޕާޓީއަށާއި، ޕާޓީގެ މެމްބަރުންނަށް ކޮށްދެއްވާފައިވާ އިހުލާސްތެރި ގިނަގުނަ ހިދުމަތްތަކަށް ބަލާއިރު، އެކަމަނާއަކީ މިމަގާމަށް އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް އަޅުގަނޑު ދެކެން،" ޝާހިދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަޤާމަށް ޙިސާން އައްޔަނު ކުރުމަށް ނިންމަވާފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެބްރުއަރީ 7، 2012 ގައި ވެރިކަމުގެ ދައުރު ހަމަނުވަނީސް އިސްތިއުފާ ދެއްވިއިރު އެމަނިކުފާނުގެ އެންމެ އަރިހުގައި އެމަނިކުފާނަށް ޤާނޫނީ ލަފާ އެރުވުމަށް ރައީސް އޮފީހުގެ ލީގަލް އެފެއަރޒް ސެކެޓްރީގެ މަގާމުގައި ހުންނެވީ ހިސާން އެވެ.

އަދި ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ޙުކުމެއް އިއްވުމާގުޅިގެން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައިވެސް އެންމެ އިސްދައުރެއް އަދާކުރެއްވީ ޙިސާންއެވެ.

ނަމަވެސް އެމްޑީޕީ ދެބައިވެ ރައީސް ނަޝީދާއި، ރައީސް ޞާލިޙް ސިޔާސީގޮތުން ދެ މަގަކުން ހިންގަވަން ފެއްޓެވުމުން ޙިސާން ނިންމަވާފައިވަނީ ރައީސް ޞާލިޙާއެކު ދެމިހުންނެވުމަށެވެ.

އެމްޑީޕީއަށް 17 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރަށްވާފައިވާ ޙިސާން ވަނީ، 2007 ގައި އެ ޕާޓީން އުފެއްދި ޝެޑޯ ކެބިނެޓުގެ ޝެޑޯ މިނިސްޓަރ، ލޯ އެންޑް ޖަސްޓިސްގެ މަގާމްވެސް ފުރުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން