ރިޔާސީ އިންތިހާބާއެކު ކައުންސިލް އިންތިހާބު ބާއްވަން ތާއިދު ކުރައްވާ ކަމަށާއި ނަމަވެސް ރިޔާސީ އިންތިހާބާއެކު މަޖިލިސް އިންތިހާބު ބާއްވަން ތާއިދު ނުކުރައްވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާލުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއެކު މަޖިލިސް އިންތިހާބު ބާއްވަން ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ނިންމުމާއެކު ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވި 120 މިލިއަން ރުފިޔާ ސަލާމަތް ކުރެޥޭނެ ކަމަށެވެ.
ރާއްޖެ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ ލާބައާއި މަންފާއަށް ޓަކައި ހަރަދުތަކަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން އިންތިހާބުތައް ބާއްވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ވަކި ބާރެއް ކަމަށާއި އެހެންކަމުން ދައުލަތް ހިންގުމުގެ ބާރާ އެއްކޮށް ރިޔާސީ އިންތިހާބު ބޭއްވުމަކީ އެހާ ބުއްދިވެރިކަމެއް ކަމަށް ދެކެވަޑައިނުގަންނަވާނެ ކަމަށެވެ.
"އެހެނެއް ނޫން، ރިޔާސީ އިންތިހާބާ އެއްކޮށް ކައުންސިލް އިންތިހާބު ބޭއްވުން މާބޮޑު މައްސަލައެއް ނެތް. އެއީ އެއްގޮތަކުން ވެއްޖިއްޔާމު ކައުންސިލްތަކަށް އަންނަ ބަޔަކީވެސް ސަރުކާރާއެކު މަސައްކަތް ކުރެވޭނެ އެއް ޕާޓީއަކަށް ވުމަށްޓަކައި ރައްޔިތުން ފަހަރެއްގައި ވިސްނާފަ އެއީ ކައުންސިލަރުންނަކީ ވެސް ހަގީގަތުގައި ދައުލަތް ހިންގުމުގަ ހިމެނޭ ބައެއް. ރަށުގެ ކަންކަން ހިންގާ މީހުން. އެހެން ނަމަވެސް މަޖިލިސް އަކީ ޖަވާބުދާރީ ކުރަން އަންނަ ބައެއް، އެ ދެބައި އެއްކުރުމަކީ އަޅުގަނޑަށް އެހާ ކަމުދާ ކަމެއް ނޫން." ފައްޔާޒް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު