ތުލުސްދޫ ދާއިރާގެ މެންބަރު ނަސީމް
ތުލުސްދޫ ދާއިރާގެ މެންބަރު ނަސީމް
ރާއްޖޭގައި އެޑިއުކޭޝަނަލް ޓޫރިޒަމް ފެށުމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި މެންބަރު ނަސީމް ވިދާޅުވީ ރާއްޖޭގައި އެޑިއުކޭޝަނަލް ޓުއަރިޒަމް އުފައްދައި ދައުލަތަށް ޢާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މިޤާނޫނުގެ ތެރެއިން މަގުފަހިކުރަންޖެހޭ ކަމަށެވެ.

އެގޮތުން ނަސީމް ވިދާޅުވީ، ރާއްޖޭގެ ކޮލެޖުތަކަށް ސްޓޫޑެންޑް ވިސާ ލިބޭ އިންތިޒާމްތައް ހަމަޖައްސަން ޖެހޭކަމަށާއި ބޭރުގެ ކިޔަވާކުދިން ދިވެހިރާއްޖެއަށް ގެނެވޭ ގޮތަށް ނިޒާމް ހަމަޖަައްސަން ޖެހޭކަމަށެވެ. ހަމައެއާއެކު މިއީ ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމް އެހެން ހަރުފަތަށް ބަދަލުކުރުމަށް ވިސްނަން ރަނގަޅު ދަނޑިވަޅެއް ކަމަށް މެންބަރު ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ރާއްޖޭގެ މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކަށް ސްޓޫޑެންޓް ވިސާ ލިބެން ޖެހޭކަމަށާއި ކޮލެޖުތަކުން ސްޓޫޑެންޓް ވިސާ ދެވޭނެ އިންތިޒާމް ހަމަޖައްސަންޖެހޭ ކަމަށެވެ.

"މިތަނުގައި އެޑިއުކޭޝަން ޓުއަރިޒަމް އުފެދެން ޖެހޭ، މިތަނުގައި މެޑިކަލް ޓުއަރިޒަމްވެސް އުފެދެން ޖެހޭ، ހުރިހާ ވައްތަރެއްގެ ޓުއަރިޒަމްވެސް އުފެދެން ޖެހޭ،" ނަސީމް މިއަދު ވިދާޅުވިއެވެ.

ނަސީމްގެ ވާހަކަފުޅުގައި ހަމައެކަނި ރާއްޖޭގެ ރީތިކަން ވިއްކައިގެން ދިވެހިންނަށް ކުރިއަށް ދެވިދާނެކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން