ރޯޑް ޑިވިލޮޕްމެންޓް ކޯޕަރޭޝަން، އާރު.ޑީ.ސީގެ ޤާބިލްކަން އިތުރުކުރުމަށް ވެހިކަލްތަކުގެ އަމިއްލަ ފްލީޓެއް ޤާއިމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އާރު.ޑީ.ސީން މިއަދު ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމްކުރުމަށް މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އެކުންފުނިންވެސް ގިނަ ދާއިރާތަކަކުން މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އަޅާނެ ފިޔަވަޅުތައް ކަނޑައަޅައި އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާރުޑީސީން ވަނީ ހާމަކޮށްފައެވެ.
އާރުޑީސީން ބުނީ މި ފިޔަވަޅުތައް އެޅުމުގެ މަޤްސަދުތަކުގެ ތެރޭގައި އެކުންފުންޏަކީ ޒިންމާދާރު ގޮތެއްގައި ހިންގާ ކުންފުންޏެއް ކަމުގެ ކަށަވަރުކަން ރައްޔިތުންނަށް ދިނުން ހިމެނޭ ކަމަށެވެ. ހަމައެއާއެކު ރައްޔިތުންގެ ޓެކްސް ފައިސާއިން އިސްރާފުވާ މިންވަރު ކުޑަކޮށް ހަރުދަނާ ގޮތެއްގައި ކުންފުނި ހިންގުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމު ކުރުން ހިމެނޭ ކަމަށް އާރުޑީސީން މަޢުލޫމާތު ދީފައިވެއެވެ.
މިހާތަނަށް އެކުންފުނި ހިންގަމުން އައީ ގެއްލުމުގައިކަން ފާހަގަކޮށް އާރުޑީސީން ބުނީ ކުންފުނީގެ ދަރަނި ބޮޑު ކަމަށާއި، އެކަށީގެންވާ ވަރަށް ކުންފުނީގެ އަމިއްލަ ވެހިކަލް ނެތުމުން، ވެހިކަލްތައް ހޯދުމާއި ދަތުރުފަތުރުގެ ޚިދުމަތް ހޯދުމަށް ބޮޑު ޚަރަދުތަކެއް ކުރަންޖެހޭ ކަމަށެވެ.
އެހެންކަމުން ކުންފުނީގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ޒަމާނާ ގުޅޭ ޓެކްނޮލޮޖީއާ ރަށްޓެހި ވެހިކަލް ފްލީޓެއް ޤާއިމުގެ ކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް އާރުޑީސީން ވަނީ ބުނެފައެވެ. އޭގެ އިތުރުން މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ލިބުމުގައި ދިމާވެދާނެ ދަތިތަކާއި އަދި ޚަރަދު ކުޑަކުރުމުގެ ގޮތުން ރޯމެޓީރިއަލް ގަނޑުކޮށް ގަނެ ސްޓޮކްކުރެވޭނެ ގޮތް ހެދުމަށް ޕްލޭން ކޮށްފައިވާކަމަށް އެކުންފުނިން މަޢުލޫމާތު ދެއެވެ.
ހަމައެއާއެކު ކުންފުނީގެ މައިގަނޑު މަސައްކަތް ކަމަށްވާ މަގުހެދުމުގެ މަސައްކަތްތަކަށް މޮބައިލް ތާރު ޕްލާންޓެއް ހޯދުމުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ މަގުހެދުމުގެ މަޝްރޫޢުތައް ކަނޑައެޅިފައިވާ މުއްދަތަށް ނިމުމަށް ފަސޭހަ ވެގެންދާނެކަން އާރުޑީސީން ފާހަގަ ކޮށްފައިވެއެވެ.
އާރުޑީސީން ބުނީ ކުންފުނީގެ މިހާރުގެ ހައިރާކީ އޮނިގަނޑަކީ މިޒަމާނަށް ފެތޭ އޮނިގަނޑަކަށް ނުވާތީ އެދާއިރާއިންވެސް އިސްލާޙީ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އޭގެ އިތުރުން މުވައްޒަފުންގެ މުސާރަ ކަނޑައެޅުމުގައި މުވައްޒަފުންގެ ތައުލީމާއި މަސައްކަތުގެ ތަޖްރިބާއަށް ހާއްސަ އިސްކަމެއްދިނުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.
އާރުޑީސީން ވަނީ މާލީގޮތުން ފައިދާވާ ކުންފުންޏަކަށް އެ ކޯޕަރޭޝަން ހެދުމަށް ކުންފުނީގެ މެނޭޖުމަންޓުން އަޅަމުންދާ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެއްމެހާ މުވައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށްވެސް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު