އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް އަބްދުﷲ ގިޔާސް އައްޔަނުކޮށްފި އެވެ.
ގިޔާސް "ރަސް"އަށް ވަނީ އެ މަގާމަށް އައްޔަނުކުރެއްވިކަން ކަށަވަރު ކޮށްދެއްވައިފަ އެވެ. ގިޔާސް ވިދާޅުވީ އޭނާ އެ މަގާމަށް އައްޔަނުކުރެއްވީ މިއަދު ކަމަށެވެ.
ގިޔާސް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި 20 އަހަރު ހޭދަކުރައްވައިފަ އެވެ. އަދި 18 އަހަރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގައި އުޅުއްވި އިރު އޭނާ މިއަދާ ހަމައަށް ހުންނެވީ މަޓާޓޯގެ ރައީސްގެ މަގާމުގަ އެވެ.
އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ނުރައިން ޖަނާހު އިސްތިއުފާ ދެއްވުމުންނެވެ.
އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް، އިޝްތިހާރުކުރުމުގެ މަސައްކަތް ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު