ބ. ކެންދޫއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކޮށްދޭން އެ ދާއިރާގެ މަޖިލިސް މެމްބަރު މައުރޫފް ޒާކިރު ގޮވާލައްވައިފިއެވެ.

ޓީމު މައުރޫފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކެންދޫގެ ކަރަންޓުގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށެވެ. އަދި އެރަށުގައި ކަރަންޓު ކެނޑުމާއި ކަރަންޓު ލިބޭ މިންވަރު ދަށް ވެފައި ވާކަމަށް މައުރޫފް ވިދާޅުވިއެވެ.

"ކެންދޫގެ ކަރަންޓް ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި! އިންޖީނުތަކާއި ބައެއް ކޭބަލްތަކުގެ ހާލަތު ދަށްވުމުން ކަރަންޓް ކެނޑުމާއި، ކަރަންޓް ލިބޭ މިންވަރު ވަނީ ވަރަށް ދައްވެފައި! މި ދަތި އުނދަގުލުން އަރައިގަތުމަށް ފޯރުކޮށްދޭންޖެހޭ ތަކެއްޗާއި ހިދުމަތް އަވަސްކޮށްދެއްވުން އެދެން!" ޓީމް މައުރޫފުން ބުންޏެވެ.



ރާއްޖޭގެ އެކި ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން