ގޭތެރެ ސާފު ކުރުމަށް އެޕްލް ސިޑާ ވިނެގާ ބޭނުން ކުރެވިދާނެ.
ގޭތެރެ ސާފު ކުރުމަށް އެޕްލް ސިޑާ ވިނެގާ ބޭނުން ކުރެވިދާނެ.
ސާފުތާހިރުކަމަކީ މީހާގެ ގައިގައި ކޮންމެހެންވެސް ހުންނަންޖެހޭ ސިފައެކެވެ. ރީތި އާދައެކެވެ. އަޅުގަނޑުމެން ދިރިއުޅޭތަން ނުވަތަ ގެ ސާފުކޮށް ރީތިކޮށް ބެހެއްޓުމަކީ އަޅުގަނޑުމެން އެންމެންވެސް ބޭނުންވާ ކަމެކެވެ.

ގޭތެރެ ސާފު ކުރުމަށް ބޭނުންކުރާ ކެމިކަލްތަކަކީ ވަރަށް ބާރު ގަދަ މާއްދާތައް އެކުލެވޭ އެއްޗެހި ކަމުން މިއީ ބައެއް މީހުންނަށް ބޭނުންކުރެވޭ ފަދަ އެއްޗިއްސެއް ނޫނެވެ. ނޭވާލުމަށް ދަތިވާ މީހުން މިފަދަ ކެމިކަލްތައް ބޭނުންކުރާ ނަމަ އެމީހުންގެ ސިއްހަތަށް އޭގެ ސަބަބުން ވަރަށް ގެއްލުން ވެއެވެ. މިފަދަ ބާރުގަދަ ކެމިކަލްތަކުގެ ބަދަލުގައި ގޭތެރެ ސާފު ކުރުމަށް އެޕްލް ސިޑާ ވިނެގާ ބޭނުންކުރެވިދާނެއެވެ.

ގޭތެރެ ސާފު ކުރުމަށް އެޕްލް ސިޑާ ބޭނުން ކުރެވިދާނެ ބައެއް ގޮތްތައް:

- އެޕްލް ސިޑާ ބޭނުން ކޮށްގެން ބިންމަތީގައި މޮޕުކުރެވޭނެއެވެ.

- ކުޑަދޮރުތައް ސާފު ކުރުމަށް އެޕްލްސިޑާ ވިނެގާ ބޭނުން ކުރެވިދާނެއެވެ.

- އެޕްލް ސިޑާ ވިނެގާ ބޭނުންކޮށްގެން ގޭގައި ހުރިހާ ތަނެއް ސާފު ކުރުމަށް ބޭނުން ކުރެވޭފަދަ ސޮލިއުޝަނެއް ހެދިދާނެއެވެ.

- ސިންކުތަކުގެ ފެންދާބައި ބެދުމުން އެ ރަނގަޅު ކުރުމަށް އެޕްލް ސިޑާ ވިނެގާ ބޭނުން ކުރެވިދާނެއެވެ.

- ގޭތެރޭގައި ހުންނަ ތަފާތު ނުބައި ވަސްތައް ކަނޑުވާލުމަށް އެޕްލް ސިޑާ ވިނެގާ ބޭނުން ކުރެވިދާނެއެވެެ.

- ކޮފީ މެޝިން ސާފު ކުރުމަށް އެޕްލް ސިޑާ ވިނެގާ ބޭނުން ކުރެވިދާނެއެވެ.

އެޕްލް ސިޑާ ވިނެގާއަކީ އޭގައި 5 ޕަސެންޓު އެސެޓިކް އެސިޑު އެކުލެވިގެންވާ އެއްޗެކެވެ. މި އެސިޑުގެ ސަބަބުން އެޕްލް ސިޑާ ވިނެގާ ތަންތަން ސާފުކުރާ އެއްޗެއްގެ ގޮތުގައި ބޭނުން ކުރެވެއެވެ. ސަބަބަކީ މި އެސިޑަކީ ތަންތަން ސާފު ކުރުމަށް އެހީވެދޭ އެއްޗަކަށް ވާތީއެވެ.

އެޕްލް ސިޑާ ވިނެގާއަކީ ޒަމާނުއްސުރެ މީހުން ގޭތެރެ އާއި އެކި ތަންތަން ސާފު ކުރުމަށް ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. މިއީ ތިމާވެއްޓާ ރައްޓެހި އެއްޗެއްވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން