އެމް.ޑީ.ޕީ ގެ އަސްލު ގެއްލިއްޖެ ކަމަށާއި މިހާރު މިފެންނަނީ ޙަޤީޤީ އެމް.ޑީ.ޕީ މެންބަރުން އެއްފަރާތް ކުރުމުގެ ނަތީޖާ ކަމަށް ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު ދޮންބިލެއް އަޙްމަދު ޙަލީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާ އަކަށް ދެއްވި ބަސްދީގަތުމެއްގައި ދޮންބިލެއް ވިދާޅުވީ އެމްޑީޕީއަކީ ވަރަށް ގިނަ ބައެއްގެ ޤުރުބާނީ އާއި ބުރަ މަސައްކަތް ކަމަށާއި އެމްޑީޕީގެ އަސްލު ޓީމަކީ ވަރަށް ބަދަހިކޮށް އުޅުނު ޢާއިލާއެއްފަދަ ބައެއް ކަމަށެވެ.
ނަމަވެސް އެމްޑީޕީގެ ލީޑަރޝިޕަށް ފަހުން އައި ބަދަލުގައި އެމްޑީޕީ ފެށުނުއިރު ރަށްރަށުގައި އެންމެ އިސްކޮށް ނަގާކިޔަމުންދިޔަ ހަރުމީހުން އެއްފަރާތްކޮށްލި ކަމަށާއި މިއަދު އެމްޑީޕީން ތަޖުރިބާ ކުރަމުން މިދަނީ އެކަމުގެ ހިތިނަތީޖާކަމަށް ދޮންބިލެއް ވިދާޅުވިއެވެ.
“ކޮންމެ ރަށަކުންވެސް ފެނުނީ ޙަޤީޤީ އެމްޑީޕީގެ އަސްލު ލޯތްބާއެކު މަސައްކަތްކުރި މީހުން އަރިމައްޗަކަށް ޖައްސާލާފައި ތިބިތަން. ޕާޓީ އެހެން ބަޔަކު މުޅިން އާކޮށްލަންވެގެން ހިފާފައި އޮތް މަންޒަރު.” ދޮންބިލެއް ވިދާޅުވިއެވެ.
ދޮންބިލެއް ވިދާޅުވީ އެމްޑީޕީ ހީނަރުވެގެން ދިއުމުގެ އެންމެ ބޮޑު އެއްސަބަބަކީ ރައީސް ނަޝީދު ޕާޓީން އެކަހެރި ކުރުމަށް ބަޔަކު ކުރި މަސައްކަތް ކަމަށާއި އެބައެއްގެ މަޤުސަދަކަށް ވެފައިއޮތީ އެމްޑީޕީގެ ތެރެއިން ރާއްޖޭގެ ވެރިކަމަށް އައުން ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ހުންނަވައިގެން އެބަޔަކަށް އެ ފުރުސަތު ވަރަށް ބޮޑަށް ހަނިހާ ކަމަށް ދޮންބިލެއް ވިދާޅުވިއެވެ.
ރައީސް ނަޝީދާއި ރައީސް ޞާލިޙަކީ ސިޔާސީ މަސައްކަތުގައި އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންކަން ފާހަގަ ކުރަށްވަމުން ދޮންބިލެއް ވިދާޅުވީ ޕާޓީ ބައިބައިވުމަށް މެދުވެރިވީ ރައީސް ޞާލިޙްގެ އަރިހަށް ރައީސް ނަޝީދު ޕާޓީން އެކަހެރި ކުރުމުގެ ވިސްނުންހުރި ބަޔަކު ޖަމާވުމުން ކަމަށެވެ.
“އަދިވެސް ފެންނަނީ ޕާޓީގެ ތެރޭގައި އެގޮތަށް އެމަސައްކަތް ހިނގާތަން. އަދިވެސް އެމްޑީޕީގެ އަސްލު ރޫޙަށް އާދެވޭ މަންޒަރެއް ނުފެނޭ.” ދޮންބިލެއް ވިދާޅުވިއެވެ.
ދޮންބިލެއް ވަނީ އެމްޑީޕީ އާމެދު ހިތްހަމަ ޖެހިވަޑައިނުގެން އެމްޑީޕީ ދޫކޮށް ދިޔަ ލީޑަރޝިޕްގެ ބޭފުޅުންނާއި، ޕާޓީގެ ނަގާކީ މީހުން އަނބުރާ ޕާޓީ އަށް އަންނަން ޖެހޭ ކަމަށާއި ކުރިމަގު އޮތީ އަދިވެސް އެމްޑީޕީގައި ކަމަށް ވިދާޅުވެފައެވެ.
ހަމައެއާއެކު އެމްޑީޕީގެ ގައުމީ މަޖިލީސްވެސް އަލުން އިންތިޚާބުކުރަން ޖެހޭ ކަމަށާއި އެކަން ކުރަން ޖެހެނީ ޗެއަރޕަރސަންގެ މަޤާމަށްވެސް ބޭފުޅަކު އަލުން ހޮވާ ގޮތަށް ކަމަށް ދޮންބިލެއް ވިދާޅުވިއެވެ.
“އަޅުގަނޑުމެންނަށް ބަދަލެއް ނުގެނެސް ދެން އަރައިގަނެވޭކަށެއް ނެތް. އަޅުގަނޑަށް ފެންނަނީ ބަދަލުވާތަން. އަޅުގަނޑަށް ފެންނަނީ ޑިމޮކްރެޓްސް މެންބަރުންވެސް އަލުން އެމްޑީޕީއަށް ގުޅެން.” ދޮންބިލެއް އިތުރަށް ވިދާޅުވިއެވެ.
ދޮންބިލެއް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ތެރޭގައި އުފެދުނު ބައިބައި ވުމަށްފަހު ރައީސް ނަޝީދާއި އެމަނިކުފާނުގެ ބައިވެރިން ވަނީ ޑިމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދާފައެވެ.

ކިޔުންތެރިންގެ ހިޔާލު